ކުޅިވަރު

ދުވާފަރުގައި އިންޓައޮފީސް ބެޑްމިންޓަން މުބާރާތެއް ފަށައިފި

ރ. ދުވާފަރު މުއައްސަސާތަކުގެ މެދުގައި ޙާއްސަ ބެޑްމިންޓަން މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ ރ.ދުވާފަރުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ދުވާފަރުގައި ބެޑްމިންޓަން ކުރިއެރުވުމަށް ދުވާފަރު ޕްރައިމަރީ ސުކޫލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ދުވާފަރު އިންޓައޮފީސް 1 ވަނަ ބެޑްމިންޓަން މުބާރާތް

މި މުބާރާތް ސްޕޮންސާ ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙުމަދެވެ.

މި މާރޗް މަހުގެ 7ކުން 12އަށް ދުވާފަރު ޕްރައިމަރ ސްކޫލްގެ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ވާދަކުރާ މުއައްސަސާތަކަކީ ދުވާފަރު ޕްރައިމަރީ ސްކޫލް، ދުވާފަރު އެމްޑަބްލިޔުއެސްސީ، ދުވާފަރު ޕޮލިސް، ދުވާފަރު ކައުންސިލް އިދާރާ، ރ.އަތޮޅު މަދަރުސާ އަދި މަހަލް ލާނާސް ޕްރީސްކޫލެވެ.

ދުވާފަރު އިންޓައޮފީސް 1 ވަނަ ބެޑްމިންޓަން މުބާރާތް

ފިރިހެން 31 ކުޅުންތެރިންނާއި އަންހެން 18 ކުޅުންތެރިންނާއެކު މި މުބާރާތުގައި ޖުމްލަ 49 ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތް ކުރިޔަށް ދާނީ ( އަންހެން / ފިރިހެން ވަކިން ) 2ކެޓަގަރީއަކަށް ބަހާލެވިގެންނެވެ. އެއީ “ޓީމް އިވެންޓް” އަދި ” އޯޕަންސް ކެޓެގަރީ” އެވެ. އޯޕަންސް ކެޓެގަރީ ގައި ހިމެނެނީ “ސިންގަލްސް” އަދި “ޑަބަލްސް” އެވެ.

ދުވާފަރު އިންޓައޮފީސް 1 ވަނަ ބެޑްމިންޓަން މުބާރާތް

މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައީ ވަނީ ދެ ސެސަނަކަށް ބަހާލައިގެންނެވެ. އެއީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 8:15 އިން 10:30 އަށެވެ.

މި މުބާރާތް ބަލައިލުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދިނެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ 12 މާޗްވާ ހުކުރު ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close