ޚަބަރު
އުނގޫފާރުަގައި ކޮމިއުނިޓީ ތެރެއިން މީހަކު ފައްސިވެ ރަށް މޮނީޓަރިން އަށް ލައިފި

ރ. އުނގޫފާރުގައި ކޮމިއުނިޓީ ތެރެއިން މީހަކު ކޮވިޑް-19 އަށް ފައްސިވެ ރަށް މޮނީޓަރިންނަށް ލައިފިއެވެ. އެޗްޕީއޭ އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އުނގޫފާރު މޮނީޓަރިންއަށް ލާފައިވާ ކަން ހާމަކޮށް މިރޭ އެޗްޕީއޭ އިން އާންމުކުރި އެންގުމުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްޙީ ގޮތުން ބަލަން ޖެހޭ ކަން ކަން ބެލުމަށް މިރެއިން ފެށިގެން ވަކިގޮތެއް އަންގަންދެން އެޗްޕީއޭގެ ހުއްދަ ނެތި އުނގޫފާރަށް އަރާ ފޭބުކީ މަނާކަމެެއް ކަމުގައެވެ.