
މި ކޭސްއާ ގުޅިގެން ސާންޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި އުނގޫފާރުންނާއި އަތޮޅުގެ އެކި ރަށްރަށުން ސާންޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު މިހާތަނަށް އުނގޫފާރުން 118 ސާންޕަލް އަދި އަތޮޅުތަކުން 200 އަށް ވުރެ ގިނަ ސާންޕަލް ވަނީ ނަގާފައެވެ. އަދި މިއަދު އިފުރު އެއާޕޯޓުން މާލެ ދަތުރުކުރި ފްލައިޓުން ވެސް ގިނަ އަދަދެއްގެ ސާންޕަލް ވަނީ މާލެ ފޮނުވާފައެވެ.
އުނގޫފާރުން ފެނުނު ކޮވިޑް-19 ގެ ކޭސްތަކާ ގުޅިގެން އެންމެ ފަހުގެ މަޢުލޫމާތު މި ބްލޮގުގައި ގެނެސްދޭނަމެވެ.