ޚަބަރު

ނައިފަރުން ފައްސިވި މީހާ ވަނީ ކިނޮޅަހަށް ވެސް ދަތުރުކޮށްފައި

ޅ. ނައިފަރުން ކޮވިޑް-19 އަށް ފައްސިވި މީހާ މާރޗް 12 ވަނަ ދުވަހު އުނގޫފާރަށް ދަތުރުކުރުމަށް ފަހު ރ. ކިނޮޅަހަށް ވެސް ދަތުރުކޮށްފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މާރޗް 2 ގެ ފަހުން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީނުކޮށް ސާންޕަލް ނަގަމުން ދާއިރު ނައިފަރުން ސާންޕަލް ނެގި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ 12 ވަނަ ދުވަހު އުނގޫފާރަށް ދަތުރު ކުރި ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ނައިފަރުން ފެނުނު ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ނައިފަރު މޮނީޓަރިންއަށް ލާފައެވެ.

މިއަދު ކ. ދިއްފުށިން އުނގޫފާރަށް ދަތުރު ކުރި 2 މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި 2 މީހުން އުނގޫފާރަށް ދަތުރުކޮށްފައި ވަނީ މާރޗް 3 ވަނަ ދުވަހުއެވެ. މި 2 މީހުން ފައްސިވިކަން އެނގުނީ އުނގޫފާރަށް ދަތުރުކޮށްފައި ވާތީ ހޯމްކަރަންޓީނުކޮށް ކޮވިޑް-19 އަށް ޓެސްޓުކުރުމުންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ހެންދޯ Recent comment authors
ހެންދޯ
Guest
ހެންދޯ

މީ ދޮގު މައުލޫމާތެއް !

ކިޔާލުން ރަނގަޅު

Close
Close