ރ.އަތޮޅު
ރ. މަޑުއްވަރި މޮނީޓަރިންއަށް ލައިފި

ރ. މަޑުއްވަރި މޮނީޓަރިންއަށް ލައިފިއެވެ. އުނގޫފާރު.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑުއްވަރި މޮނީޓަރިންއަށް ލާފައި ވަނީ އެ ރަށުން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ.
އުނގޫފާރު.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑުއްވަރިން ފައްސިވެފައި ވަނީ މާޗް 2 ގެ ފަހުން އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން މީހެކެވެ.
މާޗް 2 ގެ ފަހުން އަތޮޅުތަކުގެ ރަށްރަށުން އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުކޮށް ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށާފައި ވަނީ އުނގޫފާރުން 5 މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. މިހާތަނަށް މި ކްލަސްޓާރ އާ ގުޅުން ހުރި މީހަކު ޅ ނައިފަރުން ވެސް ވަނީ ފައްސިވެފައެވެ. އަދި އުނގޫފާރަށް ދަތުރުކުރި ކ. ދިއްފުށި 2 މީހަކު ވެސް ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.
(އިތުރު ތަފްސީލް އަންނަނީ)