ޚަބަރުކޮވިޑް-19

އުނގޫފާރު ކުލަސްޓާރއާ ގުޅުންހުރި މީހަކު ފައްސިވެ ހުޅުދުއްފާރު މޮނީޓަރިންއަށް

ރ. ހުޅުދުއްފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަމާ ގުޅިގެން ހުޅުދުއްފާރު ވަނީ މޮނީޓަރިންއަށް ލާފައެވެ.

ހުޅުދުއްފާރުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މި މަހު 4 ވަނަ ދުވަހު އުނގޫފާރަށް ދަތުރުކުރި މީހެކެވެ. މާރޗް 2 ގެ ފަހުން 180 އެއްހާ މީހުން ހުޅުދުއްފާރުން އުނގޫފާރަށް ދަތުރު ކުރިއެވެ.

އެނގިފައިވާ ގޮތުގައި ހުޅުދުއްފާރުން ޕޮޒިޓިވްވީ، ބޭސް ފަރުވާއަށް އުނގޫފާރަށް އައި ކުއްޖެކެވެ. އުނގޫފާރުން ބަލި ފެނުމާއެކު، އެ ރަށަށް ދަތުރުކުރި އެންމެން ވެސް ކަރަންޓީނުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ސާމްޕަލް ނަގައި، އޭގެ ނަތީޖާ ލިބުނުއިރު އިނީ ކުލާހުގައެވެ.

މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މާރޗް 19 ވަނަ ދުވަހު އުނގޫފާރުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، މާރޗް 2 ވަނަ ދުވަހުން ފެށިގެން އަތޮޅުތަކުގެ ރަށްރަށުން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީނުކޮށް ސާންޕަލް ނަގަމުން ދާއިރު މިހާތަނަށް ރ. އަތޮޅުގެ 2 ރަށަކުން މި ވަނީ މި ކުލަސްޓާރއާ ގުޅުން ހުރި 2 ކޭސް ފެނިފައެވެ. އެއީ ހުޅުދުއްފާރުގެ އިތުރުން އިއްޔެ ރ. މަޑުއްވަރިން ފެނިފައިވާ ކޭސްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close