ޚަބަރުރ.އަތޮޅު

އުނގޫފާރު.ކޮމް މެދުވެރިކޮށް ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕޭން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އޭޕްރިލް 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތީޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް އުނގޫފާރު.ކޮމް މެދުވެރިކޮށް ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލައިދިއެވެ.

އުނގޫފާރު.ކޮމް އަށް މައުލޫމާތުދެއްވަމުން އުނގޫފާރު.ކޮމް ހިންގާ އުފާ ޖަމިއްޔާއިން ބުނި ގޮތުގައި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ޕޯސްޓަރު، އިސްތިހާރު، އާޓިކަލް އަދި ވީޑިއޯ ކްލިޕްސް މެދުވެރިކޮށް އުނގޫފާރު.ކޮމް ގައި ކެމްޕޭން ކުރުމުގެ ފަރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އުފާގެ ފަރާތުން ވާހަކަދައްކަމުން ޠާހާ ހުސެއިން ބުނި ގޮތުގައި މިފަހަރު އުނގޫފާރު.ކޮމް މެދުވެރިކޮށް ކެންޕޭން ކުރުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ މި ދަނޑިވަޅުގައި މި ހާލަތަށް ރިއާޔަތްކޮށް ވަރަށް ކުޑައަގެއްގައި ކަމަށެވެ.

އުފާއިން ބުނި ގޮތުގައި ރ. އަތޮޅުގައި ކޮވިޑް-19 ފެތުރި ބައެއް ރަށްރަށް މޮނީޓަރިންއަށް ލާފައިވާތީ ކެންޕޭން ކުރުމަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުފައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކެންޕޭން ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ކެނޑިޑޭޓުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އުނގޫފާރު.ކޮމް މެދުވެރިކޮށް ކެންޕޭން ކުރައްވަން ބޭނުފުޅުވާ ފަރާތްތަކުން އުނގޫފާރު.ކޮމް ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން، ނުވަރަ 7441103 މި ނަންބަރަށް ގުޅައިގެން ނުވަތަ މި ނަންބަރަށް ވައިބާރކޮށްގެން ކުރިއަށް ދެވޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close