ޚަބަރު

އުނގޫފާރު މަގުހެދުން – އާޒީ މަގުގައި ތާރު އަޅަން ފަށައިފި

އުނގޫފާރު މަގުހެދުމުގެ ޕްރޮޖެކްޓް

އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އާޒީ މަގުގައި މިއަދު ތާރު އަޅަން ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި އާޒީ މަގުގައި މިއަދު ތާރު އެޅުމަށް ހަމަޖެހިފައިވަނީ އަމީނީ މަގާއި އާޒީ މަގު ގުޅުނު ހަތަރު އަނގޮޅިން ފެށިގެން މަގުގެ އުތުރަށް ވާ ބައިގައެވެ.

މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އަޅަން ފަށާފައި ވަނީ 24 މާޗް ވީ ބުދަ ދުވަހުއެވެ. ފުރަތަމަ ތާރު އަޅާފައިވަނީ އުނގޫފާރުގެ އެންމެ އުތުރުން ހުޅަނގުން އިރަށް ވާގޮތަށް އޮންނަ ޒަމާނީ މަގުގައެވެ.

އުނގޫފާރު މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 22 މެއި 2019 ގައިއެވެ. އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާއަށެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭރު އެ މަސައްކަތް ކުރިއަށް ގެންދިޔައީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. އެއަށްފަހު މި މަސައްކަތް ވަނީ އެކި ސަބަބުތަކާ ހުރެ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close