
ރ. ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ރަށުން ޖުމްލަ ފައްސިވި މީހުންގެ އަދަދު 7 ކަށް އަރައިފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ އުނގޫފާރު ކުލަސްޓާރ އާ ގުޅިގެން ހުޅުދުއްފާރުން ފައްސިވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
ހުޅުދުއްފާރުން ފައްސިވެފައިވާ 7 ކޭސްއަކީ އުނގޫފާރު ކުލަސްޓާރ އާ ގުޅުން ހުރި ކޭސްތަކެވެ. މި ކުލަސްޓާރއާ ގުޅިގެން ހުޅުދުއްފާރުން ކޮވިޑް ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ މާރޗް 2 ކުން ފެށިގެން ހުޅުދުއްފާރުން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީނުކޮށް ކޮވިޑަށް ޓެސްޓުކުރުމުންނެވެ.
މި ކޭސްތަކާ ގުޅިގެން ހުޅުދުއްފާރު އޮތީ މޮނީޓަރިންއަށް ލާފައެވެ.