ޚަބަރުކޮވިޑް-19

އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގައިފި

އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.  ޔޫއާރުއެޗް  އިން  ބުނީ  ކުޑައިރު  ކޮޅެއްގެ  ތެރޭގައި  އެޗްޕީއޭގެ  ލިއުން  ލިބޭނެ  ކަމަށެވެ.

މާރޗް 19 ވަނަ ދުވަހު އުނގޫފާރުން ކޮވިޑް-19 ގެ ކޭސްއެއް ފެނި ރަށް މޮނީޓަރިންއަށް ލުމަށްފަހު އުނގޫފާރު މޮނީޓަރިންއިން ނަގާފައި މި ވަނީ 15 ދުވަސް ފަހުންނެވެ.

އުނގޫފާރު މޮނީޓަރިންއިން ނަގާފައި މި ވަނީ އުނގޫފާރުން ފެނުނު ކޭސްތަކުގެ ޑައިރެކްޓު ކޮންޓެކްޓުން ތިބި ގޭގޭގައި ދިރިއުޅޭ އެންމެން 14 ދުވަސް ވަންދެން ހޯމް ކަރަންޓީނުކުރުމަށްފަހު ނެގި ސާންޕަލްތައް ނައްސި ވުމުންނެވެ. މީގެ އިތުރުން ރެންޑަމް ސާންޕަލްގެ ގޮތުގައި ނެގި ގިނަ އަދަދެއްގެ ސާންޕަލް ވެސް ވަނީ ނައްސިވެފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި އުނގޫފާރު މޮނީޓަރިންގައި އޮތް ދުވަސްވަރު މިކަމުން އަރައިގަތުމަށް ރައްތިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެެއް ފެނިގެން ގޮސްފައިވެއެވެ. އަދި އަތޮޅުގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ވާކަން ހޮސްޕިޓަލުން ފާހަގަކުރިއެވެ.

އުނގޫފާރު ކުލަސްޓާރއާ ގުޅިގެން އަލިފުށި، ހުޅުދުއްފާރު، މާކުރަތު އަދި މަޑުއްވަރިން ވަނީ ކޮވިޑް-19 ގެ ކޭސްތައް ފެނިފައެވެ. މީގެ ތެރެއިން ހުޅުދުއްފާރުން 7 މީހަކު ފައްސިވެފައި ވާއިރު، މާކުރަތު، މަޑުއްވަރި އަދި އަލިފުށިން ވަނީ، ކޮންމެ ރަށަކުން އެކަކު ފައްސިވެފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close