ޚަބަރު

މޮނިޓަރިންގެ ހާލަތު ނިމުމާއެކު އުނގޫފާރުގެ ސްކޫލް ތަކުގައި މާދަމާ ކިޔަވައިދޭންފަށަނީ

ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސް އެއް އުނގޫފާރުން ފެނުމާއެކު ކިޔަވައި ދިނުން މެދުކަނޑާލާފައިވާ އުނގޫފާރުގެ ސްކޫލްތަކުގައި މާދަމާ ކިޔަވައިދޭން ފަށާނެ ކަމަށް އެ ސްކޫލް ތަކުން ބުނެފިއެވެ.

އުނގޫފާރު ސްކޫލުން އެސްކޫލްގެ ބެލެނިވެރިންގެ ވައިބަ ގުރޫޕްގައި ހިއްސާކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ޓައިމްޓޭބަލާއި އެއްގޮތަށް މާދަމާ އިން ފެށިގެން ކިޔެވުން ކުރިއަށް ދާނެކަމަށެވެ. އަދި ސްކޫލަށް ދަރިވަރުން ފޮނުވާއިރު ކުރިއަށްވުރެވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދި ލައްވާފައިވެއެވެ.

އުނގޫފާރު ސްކޫލުން ވައިބަރ ގައި ހިއްސާ ކޮށްފައިވާ މެސެޖް:

Ungoofaaru monitoring in nagaafaa vaatheeve maadhamaa in feshigen kiyevun timetable aai ehgothah kuriah dhaane eve. Namaves dharivarunnai beleniverin kuriahvure bodah rahkaatheri kamuge fiyavalhu thah elhuvvumah dhannavameve. Since monitoring status is lifted, school will be resuming as per the timetable from tomorrow onwards. Students and parents are adviced to take preventive measures strictly. Thank you.

ސައިޕް ޕްރީ ސްކޫލުން ވެސް އެސްކޫލްގެ ބެލެނިވެރިންނަށް ވައިބަރ މެދުވެރިކޮށް ފޮނުވި މެސެޖުގައި ކުރިއެކޭ އެއްގޮތައް މާދަމާ އިން ފެށިގެން ކިޔެވުން ކުރިއަށް ދާނެކަމަށް ބުނެފައިވެއެވެ.

އުނގޫފާރުގެ ސްކޫލުތަކުގައި މާދަމާ ކިޔަވައިދޭން މިފަށަނީ އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ލުމާގުޅިގެން 2 ހަފްތާގެ މެދުކެނޑުމަކަށް ފަހުގައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close