ޚަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މާދަމާ ފަށަނީ

މާރޗް 19 ވަނަ ދުވަހު އުނގޫފާރުން ފެނުނު ކޮވިޑް-19 ގެ ކުލަސްޓާރއާ ގުޅިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާ އަލުން ފަށަން ނިންމައިފިއެވެ.

ޔޫއާރްއެޗްގެ އޯޕީޑީގެ ޚިދުމަތް އަލުން ފަށަން ނިންމާފައި މި ވަނީ އުނގޫފާރުގެ މޮނީޓަރިންގެ ހާލަތު މިއަދު އުވާލުމާ ގުޅިގެންނެވެ.

ޔޫއާރްއެޗް އިން މައުލޫމާތު ދިން ގޮތުގައި މާދަމާއަށް މިހާރު އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

ޔޫއާރްއެޗް އިން އިތުރަށް ބުނި ގޮތުގައި އޯޕީޑީގެ ޚިދުމަތް މާދަމާ އަލުން ފެށި ނަމަވެސް މިވަގުތު މޮނީޓަރިންގައި އޮތް ރަށްތަކުން ފަރުވާ ހޯދަން ބޭނުންވާ ބަލި މީހުންނަށް ޚިދުމަތް ދޭނީ ކުރިއެކޭ ވެސް އެއްގޮތަށް އެމަޖެންސީ ހާލަތުގައި ޑޮކްޓަރަށް ދެއްކުމަށް އޮންނަ އުސޫލުގެ ތެރެއިންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close