ޚަބަރުރ.އަތޮޅު

މި ސަރުކާރުން މިހާތަނަށް ރ. އަތޮޅުގައި ތަރައްޤީގެ 113 މަޝްރޫޢު، ޖުމްލަ އަގު 257 މިލިއަން ރުފިޔާ!

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރ. އަތޮޅުގެ ރަށްތަކުގައި ތަރައްޤީގެ 113 މަޝްރޫޢު އެއްގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ނިމިފައިވާ 10 މަޝްރޫޢު އަކާއި ހިނގަމުންދާ 35 މަޝްރޫޢު އަކާއި ކޮންޓްރެކްޓްކޮށްފައިވާ 7 މަޝްރޫޢު އަކާއި ޓެންޑަރ ކުރެވިފައިވާ 7 މަޝްރޫޢު އަކާއި ޕްރީ ޓެންޑަރިންގައިވާ 35 މަޝްރޫޢު އަކާއި ޕްލޭންކޮށްފައިވާ 13 މަޝްރޫޢު އެއްގެ އިތުރުން މިވަގުތު ހުއްޓިފައިވާ 1 މަޝްރޫޢުއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން ރ. އަތޮޅުގެ 597 ފަރާތެއް މިހާރު ދަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އަދި ރ. އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކުގައި ހިންގަމުން ގެންދާ ހެނދުނުގެ ނާސްތާ ޕްރޮގުރާމަށް ސަރުކާރުން 9.38 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކޮށްފައި ވާއިރު އިންކަމް ސަޕޯޓުގެ ގޮތުގައި ރ. އަތޮޅުގެ 1289 ފަރާތަކަށް ޖުމްލަ 18.64 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ.

އެސްއެމްއީ ލޯނުގެ ގޮތުގައި 29 ފަރާތަކަށް 26.69 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި57 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ރ. އަތޮޅުގައި މިވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު 2 މަޝްރޫޢަށް ބަލާލާއިރު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަދި އެމަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ރ. ދުވާފަރުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ދަށުން 22 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިއަށްދާ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close