ޚަބަރު

އެޕްރީލް 11 އަދި 12 ސަރުކާރު ބަންދުވާނެ

އެޕްރީލް 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު 2 ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށް ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ބުނެފައި ވަނީ މި 2 ދުވަހަކީ ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅީ އެޕްރީލް 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޖާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާތީ އިންތިޚާބާ ގުޅޭ އެކި ކަންކަމުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީއެވެ.

ރައީސްއޮފޯހުން ބުނެފައިވަނީ އެޕްރީލް 13 ވާ އަންގާރަ ދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ވެއްޖެ ނަމަ އެޕްރީލް 12 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާނެ ކަމަށެވެ.

ކަލަންޑަރުގައި ވާ ގޮތުން 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އެޕްރީލް 13 ވާ އަންގާރަ ދުވަހެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close