
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނޮފާމް ވެކްސިންގެ ތެރެއިން 1500 ޑޯޒް އިއްޔެ ހަވީރު އުނގޫފާރަށް ގެނެސްފިއެވެ.
ރ. އަތޮޅުގައި ކުރިއަށްދާ ކޮވިޑް-19 ވެކްޝިން ޕްރޮގްރާމްގެ ދަށުން އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން، “ކޮވިޝީލްޑް” ވެކްޝިންގެ ފުރަތަމަ ޝިޕްމަންޓް 4 ފެބްރުއަރީ ގައި އުނގޫފާރަށް ގެނެސްފައިވާއިރު ދެވަނަ ޝިޕްމަންޓް އުނގޫފާރަށް ގެނެސްފައިވަނީ 20 ފެބްރުއަރީ 2021 ގައެވެ.
ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރާ ކޮވިޑް-19 ވެކްސިން “ސިނޮފާމް” ވެކްސިންގެ ދެވަނަ ޝިޕްމަންޓްގެ 100،000 ޑޯޒާއި ސިއްހީ ސާމާނު ރާއްޖެ ގެނެސްފައިވަނީ 30 މާޗް ގައެވެ.
އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު ހުއްދަދީފަ އެވެ.
ސިނޮފާމްގެ އިތުރުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވެ އެވެ. ނަމަވެސް ރާއްޖޭގައި މި ވަގުތު ޖަހާފައިވަނީ ކޮވިޝީލްޑް އަދި ސިނޮފާމް ވެކްސިނެވެ.