ޚަބަރުވަޒީފާ

ރ. އުނގޫފާރު އިސްލާމިކް ސެންޓަރގެ މަސައްކަތު 04 މަޤާމަށް މީހުން ހޯދަނީ

ވަޒީފާގެ ފުރުސަތު

ރ. އުނގޫފާރު އިސްލާމިކް ސެންޓަރގެ މަސައްކަތު 04 މަޤާމަށް މީހުން ހޯދަން އިއުލާނު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ:

  1. އިސްލާމިކް ސެންޓަރާއި ގޯތިތެރެ ހިމެނޭ ޢިމާރާތައި ގޯތިތެރެ ދެ އިރަށް ކުނިކަހާ އެއްއިރަށް ދޮންނަ ކުނޑިލައިގެން ދޮވެ ސާފުކުރުމާއި މަރުކަޒުގެ ހުރިހާ ފާޚާނާބަރިތަކާއި ވުޟޫކުރާ ބަރިތައް 5 ވަގުތަށް ދޮވެ ސާފުކުރުން.
  2. މިސްކިތުގެ ނަމާދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް 3 އިރަށް ކުނިކަހާ 2 އިރަށް މޮޕްކުރުމާއި ސީލިންގ ފަންކާތައް ދެ ދުވަހުން އެއްދުވަހު ފޮހުމާއި މިހުރާބުގެ ކާޕެޓް ދެ އިރަށް ވެކިއުމް އެޅުމާއި ހުރިހާ ޖާލިދޮރެއް ހަރުގަނޑަށް އަރައިގެން ފޮހެ ސާފުކުރުން.
  3. ޢިމާރާތުގައި ބޭއްވޭ އެންމެހާ އިވެންޓްތަކަށް ޓެންޓް ރާވާ އެތުރުމާއި އިވެންޓަށް ބޭނުންވާ ގޮނޑި، މޭޒު، ފޮތް، ފެން، ސައުންޑްގެ ޢާލާތްތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި ރޭވުމާއި އެތުރުމާއި އަދި އިވެންޓް ނިމުމުން ނެގުމާއި ގުދަން ކުރުން.
  4. ޢިމާރާތުގެ ގޯތިތެރޭގައި ބަގީޗާގަސް އިންދުމާއި ގަސްކާނާ އަޅާ ފެންދިނުމާއި ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަރުކަޒު ވަށައިގެންވާ ގޯތިތެރޭގައި ހުރި ބޮޑެތި ގަސްތަކަށް އަރާ ގަސްތަކުގެ ހިކި ގޮފިތައް ކަނޑާ ސާފުކޮށް ބެލެހެއްޓުން.
  5. ޢިމާރާތުގެ ހުރިހާ ޖާލިތަކާއި ޖާލިދޮރުތަކާއި ކޮޓަރިތަކަށް ވަންނަން ހުންނަ ބޮޑު ދޮރުތައް ޕޮލިސް ކުރުމުގެ މަސައްކަތްތައް ކުރުން
  6. އިސްލާމިކް ސެންޓަރ ޔުނިޓުން އިންތިޒާމްކުރާ އެކިއެކި އިވެންޓްތަކަށް ބޭނުންވާ ކޮފީ ތައްޔާރުކުރުމާއި ސާވްކުރުމާއި ސައިކޮޓަރި ބެލެހެއްޓުން
  7. އިމާރާތާއި ގޯތިތެރެ 2 އިރަށް ކުނިކަހާ ނެގޭކުނި ކުނިއަޅާތަނަށް ޖަމާކޮށް ސާފުކުރުން.
  8. އޮފީހުގެ ރަސްމީ މަސައްކަތްތަކާގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މިމަޤާމަށް ކުރިމަތި ލުމުގު ޝައުޤުވެރިކަން ހުރިފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2021 އޭޕްރީލް 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ރ. އުނގޫފާރު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ungoofaaruoffice@gmail.com މެދުވެރިކޮށް ވެސް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close