ޚަބަރުވަޒީފާ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސެކިއުރިޓީ އޮފިސަރގެ 2 މަޤާމަށް މީހުން ހޯދަނީ

ވަޒީފާގެ ފުރުސަތު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސެކިއުރިޓީ އޮފިސަރގެ 2 މަޤާމަށް މީހުން ހޯދަން އިއުލާނު ކޮށްފިއެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ:

 1- ހޮސްޕިޓަލުގެ ގޯތިތެރެއާއި ، ގޯތިތެރެ ވަށައިގެންވާ ސަރަހައްދުގައިވާ އެންމެހާ ތަކެތި ބެލެހެއްޓުން.

 2- ކަންޑައެޅިފައިވާ ޑިއުޓީގައި އަދި އެހެން ޑިއުޓީ ތަކުގައި ތިއްބަވާ މުވައްޒަފުންނަށް ދަތިނުވާނެހެން ތަނުގެ މާހައުލު ތަނަވަސްކުރުން.

 3- ޑިއުޓީގަޑީގައި، ހޮސްޕިޓަލްގެ އެތޭރޭގައި އަދި ހޮސްޕިޓަލްގެ ކޮންޕައުންޑްގެ ތެރޭގައި އެއްވެސް ކަހަލަ ހަމަ ނުޖެހުމެއް ، ހާދިޘާއެއް ހިގައިފިނަމަ އެކަމެއް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރުން އަދި ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.

 4- ހޮސްޕިޓަލުގެގޯތިތެރެއާއި ،އިމާރާތްތަކަށް ފަހަރުގައި މީހަކު ދީފާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވެހުރުން، އަދި އެފަދަ ކަމެއް ހިގާނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުން.

 5- ހޮސްޕިޓަލުގެތެރޭގައި ދިމާވާ އިމަޖެންސީ ކަންކަމުގައި އެވަގުތަކު ޑިއުޓީގައި ތިބޭ މުވައްޒަފުންނާ އެހީތެރިވުން.

 6- ހޮސްޕިޓަލުގައި ހެދިފައވާ އުސޫލުތަކުން ބޭރުން އެއްޗެހި ހޮސްޕިޓަލުން ބޭރުވުމާއި އަދި އެއްޗެއް އެތެރެވިޔަ ނުދިނުން.

 7- މުވައްޒަފަކު ޗުއްޓީ ނަގައިފި ޙާލަތެއްގައި ތަނުގެ ރަސްމީ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ އެމުވައްޒަފެއްގެ މަސައްކަތް ކުރުން.

 8- ޑިއުޓީ ބަދަލުވާއިރު ޖެހިގެން އަންނަ ޑިއުޓީއަށް އަންނަ މުވައްޒަފުންނަށް ހޭންޑްއޯވާރ ދިނުން.

 9- މީގެ އިތުރުން މަގާމުގެ ހައިޘިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ، ހުރިހާ މުވައްޒަފުންގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައވެރިވުން.

 10- ބަލިމީހުންކައިރިއަށް ވިޒިޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހޮސްޕިޓަލަށް ވަދެ ނިކުމެ ހަދާމީހުންގެ ކަންކަމަށް ސަމާލުކަން ދިނުމަށް، އަދި އެހެނިހެން ގަޑިތަކުގައި ވޯޑްތެރޭގައި ތިބެންޖެހޭ އަދަދަށްވުރެން ގިނައިން މީހުން ތިބިތޯބަލާ މީހުން ގިނަނަމަ މީހުން ބޭރަށް ނިކުތުމަށް ނަސޭހަތްތެރިވެ ފިޔަވަޅު އެޅުން.

 11- މީގެ އިތުރުން ހޮސްޕިޓަލް އޮފީހުން އަންގާއެންގުން ތަކާއި ރާވާ ހިންގާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދިނުން.

މިމަޤާމަށް ކުރިމަތި ލުމުގު ޝައުޤުވެރިކަން ހުރިފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޭޕްރީލު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް personnel.urh@gmail.com މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close