
ރ. އުނގޫފާރު އިސްލާމިކް ސެންޓަރގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ:
- ރ. އުނގޫފާރު އިސްލާމިކް ސެންޓަރާއި އަދި ޔުނިޓުގައި މަސައްކަތްކުރާ އިދާރީ، ފަންނީ މުވައްޒަފުންނާގުޅޭ އިދާރީ މަސައްކަތްތައް ކުރުން، އެގޮތުން މުވައްޒަފުންގެ ޙާޟިރީގެ މަސައްކަތްތައް ބަލަހައްޓައި މުވައްޒަފުންގެ ސަލާމާއި ޗުއްޓީފޯމްތައް ދުވަހުން ދުވަހަށް ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުން.
- ޔުނިޓުން ތައްޔާރު ކުރަންޖެހޭ ރިކުއެސްޓް ފޯމު ތައްޔާރުމާއި އިސްލާމިކް ސެންޓަރ ޔުނިޓުގައި ކުރަންޖެހޭ މަރާމާތުތަކުގެ މައުލޫމާތު ޝީޓްތައް ޔުނިޓުގެ ޓެކްނިކަލް މުވައްޒަފުނާ މަޝްވަރާކޮށް ތައްޔާރުކުރުމާ ޔުނިޓުގެ ޕްރޮކިއުމަންޓާގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެޕްރައިޒަލް ފޯމު ފުރިހަމަކޮށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓްރޭނިންގ މަސައްކަތްތައް ކުރުން
- ސެކްޝަނުންކުރާ އެހެނިހެން ދަތުރުތައް އިންތިޒާމުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި އެ ދަތުރުތަކުގައި ބައިވެރިވުން.
- މަރާމާތުކުރަންޖެހޭ އައިޓީ ސާމާނު މަރާމާތުކުރުމާއި އަދި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭ ތަކެތި ހަމަޖެހިފައިވާ ޤަވާޢިދުގެ ދަށުން ނީލަމަށް ފޮނުވުމަށްޓަކައި ކަމާބެހޭ ޔުނިޓަށް ފޮނުވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
- ސެކްޝަން / ޔުނިޓްގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްރޮސީޖާ މެނުއަލްތަކާއި ސިމްޕަލް ވޯކް ޕްރޮސެސް ފްލޯ ޗާޓުހެދުމާއި މި ނޫންވެސް މިފަދަ އުޞޫލުތައް ތައްޔާރުކޮށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމާއެކު، ލިޔުންތަކުގެ ހާޑް އަދި ސޮފްޓް ކޮޕީ ކަމާގުޅޭ ސެކްޝަން / ޔުނިޓަށް ޙަވާލުކޮށް ކޮޕީތައް ފައިލްކޮށް ބެލެހެއްޓުން.
- ޔުނިޓުން ކޮށްފައިވާ ކަންތައްތައް ހިމަނައި އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ފޮނުވުމާއި އަންނަ އަހަރަށް ކުރަންރާވާ ހުރިހާ މަސައްކަތްތަކެއްގެ ލިސްޓު އެކުލަވާލާ އަދި މި މަސައްކަތްތަކުގެ މައުލޫމާތު ޝީޓްތައް ތައްޔާރުކޮށް ކަމާގުޅުންހުރި ސެކްޝަނަކާއި ޙަވާލު ކުރުން.
- ރޫޓިންކޮށް ކުރަންޖެހޭ މަސައްކަތްތައް ޤަވާޢިދުން ލޮގްކޮށް ބެލެހެއްޓުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
މިމަޤާމަށް ކުރިމަތި ލުމުގު ޝައުޤުވެރިކަން ހުރިފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2021 އޭޕްރީލް 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ރ. އުނގޫފާރު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ungoofaaruoffice@gmail.com މެދުވެރިކޮށް ވެސް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.