ޚަބަރުރ.އަތޮޅު

ހުޅުދުއްފާރު މަގުހެދުމުގެ އެއްބަސްވުމުގައި އާރުޑީސީ އާއެކު ސޮއިކޮށްފި

ހުޅުދުއްފާރު މަގުހެދުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދުއްފާރުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ އެއްބަސްވުމުގައި އާރުޑީސީ އާއެކު މިއަދު ސޮއިކޮށްފިއެވެ.

390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް ހަވާލުކުރި މި ޕްރޮޖެކްޓްގެ އަގަކީ 88،912،040.55 (އަށްޑިހަ އަށްމިލިއަން ނުވަސަތޭކަ ބާރަހާސް ސާޅީސް ރުފިޔާ ފަންސާސް ފަސްލާރި) އެވެ.

މިޕްރޮޖެކްޓްގެ ދަށުން ހުޅުދުއްފާރުގެ މަގުތަކުގައި ފެންހިންދާނެ ނިޒާމެއް ޤާއިމުކުރުމާއި މަގުބައްތި ޖެހުންވެސް ހިމެނެއެވެ.

މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ އާރުޑީސީ ގެ ފަރާތުން ރ އަތޮޅުގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަޗީ Recent comment authors
ބަޗީ
Guest
ބަޗީ

ފުދި އިތުރުވެއްޖެ.

Close