ޚަބަރު

އުނގޫފާރުގައި މެހީގެ އުނދަގޫ ބޮޑުވެ ޝަކުވާ އިތުރުވަނީ

މިދުވަސްވަރަކީ މެހި އާލާވުން އިތުރުވެފައިވާ ދުވަސްވަރެކެވެ. މިކަމުގެ ސަބަބުން މެހި ގިނަވެ މިކަމުގެ އުނދަގޫ ތަހައްމަލު ކުރަމުންދާ މީހުންގެ ޝަކުވާ ދަނީ އިތުރު ވަމުންނެވެ.

މިކަމާއި ގުޅިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކު ހެލްތު ޔުނިޓުން ބުނެފައިވަނީ މިދުވަސްވަރަކީ މެހި އާލާވާ ދުވަސްވަރަކަށް ވާތީ ރަށުތެރޭގައި މެހި ގިނަ ވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުނި ނައްތާލުމުގައި އެކަމަށް ހެދިފައިވާ އެއްމެހައި ޤަވާއިދުތަކަށް އަމަލުކުރުމުގައި އިތުރަށް ސަމާލުވެ ގޭގޭގައި އުފެދޭ ކުނި މެނޭޖުކުރުމުގައި އަދި ހާއްސަކޮށް ބަދިގޭގައި އުފެދޭކުނި މެނޭޖުކުރުމުގައި ރަގަނޅަށް ބަންދުކުރެވޭގޮތައް ބެހެއްޓެވުން ވަރަށް މުހިއްމުކަމަށެވެ. އަދި ކުރިއަށްއޮތީ ރޯދަމަސް ކަމަށް ވުމާއެކު މިކަމަށް ރައްކާތެރި ނުވެއްޖެނަމަ ކުރިމަތި ވެދާނެ އިތުރު ބަލިމަޑުކަމަކުން ރައްކާތެރިވުމުގެ ގޮތުންވެސް ރަގަނޅަށް ކުނި މެނޭޖުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިލައްވާފައިވެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޕަބްލިކު ހެލްތު ޔުނިޓުން ބުނީ އެޔުނިޓާއި އުނގޫފާރު ކައުންސިލާއި ގުޅިގެން ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މިހާރުވަނީ މުޅި ރަށުގެ އިންސްޕެކްޝަން އެއް ހަދާފައި ކަމަށާއި މިހާރު ގެންދަނީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު ތައް އެޅުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close