ޚަބަރު

މި ސަރުކާރުން މިހާތަނަށް އުނގޫފާރުގެ ތަރައްޤީގެ 11 މަޝްރޫޢު، ޖުމްލަ ހަރަދު 34.9 މިލިއަން ރުފިޔާ!

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރ. އުނގޫފާރުގެ ތަރައްޤީގެ 2 މަޝްރޫއެއް ނިންމާ 9 މަޝްރޫޢު އެއްގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި މިހާތަނަށް 34.9 މިލިއަން ރުފިޔާ މި މަޝްރޫޢު ތަކަށް ހަރަދު ކުރެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ނިމިފައިވާ 2 މަޝްރޫޢު އަކާއި ހިނގަމުންދާ 4 މަޝްރޫޢު އަކާއި ކޮންޓްރެކްޓްކޮށްފައިވާ 1 މަޝްރޫޢު އަކާއި ޓެންޑަރ ކުރެވިފައިވާ 1 މަޝްރޫޢު އަކާއި ޕްރީ ޓެންޑަރިންގައިވާ 2 މަޝްރޫޢު އަކާއި ޕްލޭންކޮށްފައިވާ 1 މަޝްރޫޢުއެވެ.

ކޮށް ނިމިފައިވާ 2 މަޝްރޫޢަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމްގެ މަސައްކަތާއި އަދި ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. ހިނގަމުންދާ 4 މަޝްރޫއަކީ 72 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ހޮސްޕިޓަލް ޓާޝިައރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށްދާ ސީޓީ އާއި މެމޮގްރަފީ އަދި ޑެންޓަލް އާއި އެކްސްރޭ އާއި އޯބީޖީގެ ހިދުމަށް ފެށުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

އަދި މީގެ އިތުރުން ދެން ހިމެނެނީ އުނގޫފާރުގެ މަގުތައް ތާރުއަޅައިގެން ރަގަނޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފޭސްގެ މަސައްކަތާއި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަސައްކަތެވެ. އައުޓްޑޯ ޖިމްގެ މަސައްކަތްވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.

 

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން ރ.  އުނގޫފާރުގެ  42 ފަރާތެއް މިހާރު ދަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އަދި އުނގޫފާރު ސްކޫލްގައި ހިންގަމުން ގެންދާ ހެނދުނުގެ ނާސްތާ ޕްރޮގުރާމަށް ސަރުކާރުން 863،912.63 ރުފިޔާ މިހާތަނަށް ހަރަދު ކޮށްފައި ވާއިރު އެސްއެމްއީ ލޯނުގެ ގޮތުގައި އުނގޫފާރުގެ 4 ފަރާތަކަށް 3.16 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އިންކަމް ސަޕޯޓުގެ ގޮތުގައި ރ. އުނގޫފާރުގެ 88 ފަރާތަކަށް ޖުމްލަ 1.38 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އުނގޫފާރުގައި މިވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު 3 މަޝްރޫޢަށް ބަލާލާއިރު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަދި އެމަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close