ޚަބަރު
މާކުރަތު ވެސް މޮނީޓަރިންގެ ހާލަތުން ނަގައިފި

ރ. މާކުރަތު މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ. މާކުރަތު މޮނިޓަރިންގ އަށް ލާފައި ވަނީ މާޗު 19 ވަނަ ދުވަހު އުނގޫފާރުން ފެނުނު ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެރަށުންވެސް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެނެވެ.
މާކުރަތު މޮނީޓަރިންއިން ނަގާފައި ވަނީ މާކުރަތުން ފެނުނު ކޭސްއާ ގުޅިގެން ކަރަންޓީނު ކުރި މީހުންގެ ސާންޕަލްއާއި އެ ރަށުން ނެގި އިތުރު ސާންޕަލްތައް ނެގެޓިވް ވުމާ ގުޅިގެންނެވެ.
މާކުރަތުގެ އިތުރުން އުނގޫފާރު ކުލަސްޓާރ އާ ގުޅިގެން މޮނީޓަރިންއަށް ލި އަލިފުށި، ހުޅުދުއްފާރު، މާކުރަތު އަދި މަޑުއްވަރިގެ މޮނީޓަރިން ވެސް މިހާރު ވަނީ އުވާލާފައެވެ.