ރިޕޯޓް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް – ފަސްބެލުމެއްނެތި ކުރިއަށް

38 ވަނަ އަހަރީ ދުވަސް

މިއަދަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އުފާވެރި އަހަރީ ދުވަހެވެ. ހޮސްޕިޓަލްގެ ހަޔާތުން ވޭތުވެގެން މިދާ ކޮންމެ ދުވަހަކީ އެހޮސްޕިޓަލްގެ ހަޔާތުން ވޭތުވެގެންދާ އުފާވެރި އަދި ކުރިއަށް އެތަކެއް ފިޔަވަޅެއް އަޅަމުންދާ ދުވަހެކެވެ. ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކޮށްދިނުމުގައި އެހޮސްޕިޓަލުގެ މާޒީގައިވެސްވަނީ ބުރަ އަދި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްފައެވެ. ހަމަ މިއާއެކު ފާއިތުވި އަހަރުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންވަނީ މި ދާއިރާގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އަހަރީ ދުވަހާއި ގުޅުވައިގެން ގެނެސްދޭ މި ރިޕޯޓްގައި ކުޑަގޮތަކަށް މިބަލާލަނީ ކުރު މުއްދަތެއްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކުރިއެރުންތަކަށާއި ހޯދާފައިވާ ބޮޑެތި ކާމިޔާބީ ތަކަށެވެ.

2019

  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ 05 ސަރަހައްދެއްގެ ހޮސްޕިޓަލް ޓާސިއަރީ ފެންވަރަށް ބަދަލުކޮށް ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަނޑައެޅި 5 ހޮސްޕިޓަލް ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހިމެނުން

2020

  • ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީސްއާއި އިކުއިޕްމެންޓް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެވި ބޭނުންކުރަން ފެށުން
  • މުޅީންއަލަށް އީއެންޓީ ޑިޕާރޓްމަންޓެއް ޤާއިމުކޮށް ބޭނުންވާ އީއެންޓީ ސެޓްއަޕް ހަދާ މުޅިން އާ ހިދުމަތް ތަކަކާއެކު އެ ޑިޕާޓްމަންޓްގެ ހިދުމަތް މާޗް ގައި ފެށުން
    މިއަދު ހިދުމަތްފެށި އާ އީއެންޓީ ރޫމް
    • އަލަށްފެށި ހިދުމަތް ތަކުގެ ތެރޭގައި
      1- Nasopharyngeal Endoscopy
      2- Rigid Endoscopy
      3- Minor Oral Surgery
      4- Oto Endoscopy
      5- Minor ear Surgery
      6- Foreign Body Removal From Nasopharynax
  • ލޮލުގެ ޑިޕާރޓްމަންޓަށް ބޭނުންވާ ގިނަ މެސިނަރީސް އާއި އިކްއިޕްމެންޓްސް އާއެކު ލޮލުގެ ޑިޕާރޓްމަންޓްގެ ހިދުމަތް ފުޅާކުރުން
  • އައިސީޔޫ، އެންއައިސީޔޫއާއި، ފިޒިއޯ ޑިޕާޓްމަންޓަށް ބޭނުންވާ ތަކެއްޗާއި، ލެބޯޓްރީއަށް ބޭނުންވާ އާލާތްތަށް އިތުރަށް ހޯދިފައިވޭ.
  • ހޮސްޕިޓަލްގެ ހުރިހައި ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކުރެވި ވޯޑްތައް ފިނިކޮށް ބޭނުން ކުރަން ފެށުން
  • އެންއައިސީޔޫ އަށް ބޭނުންވާ ޒަމާނީ މެސިނަރީސް އާއި އިކްއިޕްމެންޓްސް ހޯދުން.
  • ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ނިއޮނޭޓަލް އިންކިއުބޭޓަރ ހޯދައި އިތުރު ބޭބީ ވާމާސް އަދި ނިއޮނޭޓަލް ވެންޓިލޭޓަރ އާއި ފޮޓޯތެރަޕީ ޔުނިޓްތައް އިންސްޓޯލްކުރެވި ހިދުމަތް އިތުރަށް ފުރިހަމަ ކުރުން
  • ބްލަޑް ގޭސް އެނަލައިޒަރ އިންސްޓޯލް ކުރެވި ބޭނުންކުރަން ފެށުން.
    ފްރެސް އެއަރ ސިސްޓަމް އިންސްޓޯލް ކުރުމުގައި އެކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ
  • ޕަބްލިކް ހެލްތް ޔުނިޓްގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީވެދޭ ކުލިނިކް ގެ މަސައްކަތް ފެށި 33 އަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވޭ
  • ޕީސީއާރު ލެބް ޤާއިމު ކުރެވި ކޮވިޑް ޓެސްޓް ހަދަން ފެށުން
  • ޖަޕާން އެއިޑްގެ ދަށުން ޒަމާނީ ފެންވަރުގެ އެމްބިއުލާންސް ގެނެވި ބޭނުންކުރަން ފެށުން

2021

  • ސެންޓްރަލް ސްޓެރަލައިޒޭޝަން ސަރވިސަސް ޑިޕާޓްމަންޓްއެއް ޤާއިމުކޮށް ބޭނުން ކުރަން ފެށުން
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާއެޅުން

މިހާރު ކުރެވެމުންދާ މަސައްކަތްތައް

  • ސީޓީ އާއި މެމޮގްރަފީ ރޫމްގެ ހުރިހާ މަސައްކަތެއް ނިމި މެސިންން އިންސްޓޯލް ކުރުމުގެ މަސައްކަތް
  • ޑެންޓަލް އަދި އެކްސްރޭގެ ހިދުމަތް ފުޅާކުރުމަށް އަދި އޯބީޖީ ގެ ހިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް މަރާމަތު ކުރުމުގެ މަސައްކަތް
    އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން ހިމަތް ފެށުމަށް ތައްޔާރު ވުން
  • ޑެންޓަލް އޯޕީޖީ ބެހެއްޓުމާއި، އެކްސްރޭރޫމް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
  • ޑެންޓަލް ޑިޕާރޓްމަންޓް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
  • ލޯންޑުރީ ބޮޑުކޮށް ޒަމާނީ ފެންވަރުގެ ލޯންޑްރީއެއް ހެދުމަށް ބޭނުންވާ ހުރިހައި މެޝިނަރީޒް އެއްގެނެސް މަސައްކަތް ފެށުމުގެ ތައްޔާރީތަށް ދަނީ ވަމުން
  • ބެކަޕް ޖެނެރޭޓަރ ބެހެއްޓުމަށް ފެނަކަ އާއި އެގްރީމެންޓް ކުރެވި މަސައްކަތް ކުރިޔަށް ދަނީ
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް

މުވައްޒަފުން

  • 2019 އިން ފެށިގެން މިހާތަނަށް މުވައްޒަފުންގެ އަދަދު 177 އިން 220 އަށް ވަނީ އިތުރުވެފައި އެގޮތުން ޖުމަލަ 43 މުވައްޒަފަކު އިތުރު ކުރެވިފައިވޭ 27 ދިވެހިން އަދި 16 ބިދޭސީން އިތުރު ވެފައިވޭ
  • 2020 ވަނައަހަރު ޑޮކްޓަރުންގެ އަދަދު އިތުރު ކުރެވުނު.
    • ސްޕެޝަލިސްޓުން: 17 އިން 26 އަށް އިތުރު ކުރެވިފައިވޭ (އިތުރު ވެފައިވާ ސްޕެސިއަލިސްޓުން ނަކީ ރޭޑިއޮލޮޖިސްޓް، ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރ، ކުޑަކުދީންގެ ހާއްސަ ޑޮކްޓަރ، ކަށިގެ ހާއްސަ ޑޮކްޓަރ، އަންހެނުންގެ ހާއްސަ ޑޮކްޓަރ، ދަތުގެ ޙާއްސަ ޑޮކްތަރ އިތުރުވެފައިވޭ. މިކަމުގެ ސަބަބުން ޑޮކްޓަރުން ޗުއްޓީއަށް ދާއިރު ހޮސްޕިޓަލުގައި ސްޕެސިއަލިސްޓުންގެ ހިދުމަތް ނުހުއްޓި ގެންދިޔުމުގެ އިތުރަށް އައުޓްރީޗް ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ފަސޭހަވެގެންދޭ

އޯޕީޑީ

ހޮސްޕިޓަލުގެ އޯޕީޑީއިން 2020 ވަނަ އަހަރު 69221 މީހުން ވަނީ ހިދުމަތް ހޯދާފަ އެވެ. އެގޮތުން މި ނ،ރ،ބ،ޅ ރީޖަންގެ 56485 މީހުންދައްކާފައިވާއިރު  އެހެނިހެން ސަރަހައްދުތަކަށް ނިސްބަތްވާ 12736 މީހަކު ޑޮކްޓަރަށް ދައްކާފައިވޭ.  އަދި ރާއްޖެއިން ބޭރުގެ 3194 މީހަކު ޑޮކްޓަރަށް ދައްކާފައިވޭ. ޑޮކްޓަރަށް ދައްކާ ބަލިމީހުންގެ އަދަދު މަހުންމަހަށް އިތުރުވަމުންގޮސްފައިވާކަން ފާހަގަކުރެވޭ އެގޮތުން މަހަކަށް އޯޕީޑީ ބަލިމީހުންބަލާ ރޭޓް 6000 ން 8000 ހާހަށް އިތުރުވެފައިވޭ.

ޖުލައި 4 ވަނަ ދުވަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގައި ހިދުމަތް ހޯދުމަށް ޖަމާވެފައި

އޯޕީޑީ ބަލިމީހުންގެ އަދަދު ބޮޑުތަނުން އިތުރުނުވެ އެއްވަރެއްގައި ހިފެހެއްޓިފައވަނީ ކޯވިޑް 19 އާއި ގުޅިގެން އެއްފަހަރާ ހިދުމަތް ދެވޭ އަދަދު މަދުކުރުމަށް ހެލްތް މިނިސްޓްރީއާއި އެޗްޕީއޭ އިން އަންގާފައިވުމާއި ގުޅިގެން އެޕޮއިންޓްމެންޓް ގެ އަދަދު ލިމިޓް ކުރުމުންނެވެ.

އައިޕީޑީ

  • 2020 ވަނަ އަހަރު ޔޫއާރުއެޗްގައި 1554 މީހަކަށް އެނދުމަތިކޮށްގެން ފަރުޥާ ދެވިފައިވޭ.
  • 384 ކުދިން އުފަންވެފައިވޭ
  • 05 ޑަޔަލަސިސް މީހަކަށް ޖުމްލަ 576 ޑަޔަލައިސިސް ހެދިފައިވޭ
  • 2020 ވަނަ އަހަރު ދާން މަތީ ބަލިމީހުންނަށާއި ހޯމް ވިޒިޓްގެ ގޮތުގައި ހުމްލަ 184 ވިޒިޓް ވަނީ ކުރެވިފައި.

ކައުންޓަރު

  • ކައުންޓަރުން ދޭ ހިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި އެޕޮއިންޓްމަންޓް ދެވޭ ވަގުުތު 24 ގަޑިއިރަށް ބަދަލުކުރެވި ރައްޔިތުންނާއި ގާތުން ޚިދުމަތް ދޭން ފެށިފައިވޭ
  • ހޮސްޕިޓަލުން ދެވޭ ޚީދުމަތް ހަރުދަނާ ކުރުމުގެ ގޮތުން 2020 ވަނައަހަރު ހިދުމަތް ހޯދާ މީހުންނަށް ފީޑްބެކް ދެވޭނެ އިންތިޒާމް ހަމަޖައްސައިދެވިފައިވޭ. އެގޮތުން އޯޕީޑީ ގެ ބޭރުގައި ހިޔާލުފޮށި އަދި އެޑްމިޓްކޮށް ފަރުވާދެވޭ މީހުން ދޫކޮށްލާއިރު ފީޑްބެކް ފޯރމް ދެވޭ . ސޯސަލް މީޑިއާ ( ވައިބަރ، ޓްވިޓަރ، ފޭސްބުކް ޕޭޖް ) މެދުވެރިކޮށް ހޮސްޕިޓަލަށް ޑައިރެކްޓްކޮށް މެސެޖް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި މީގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން
  • ކޯވިޑް 19 އާއި ގުޅިގެން ހޮސްޕިޓަލަށް ނައިސް ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެވިފައިވޭ
  • ކޯވިޑް 19 އާއި ގުޅިގެން އޮންލައިންކޮށް ސްޕެސިއަލްިޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެވިފައިޥޭ

އައުޓްރީޗް

  • ދަތުރުފަތުރުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ސްޕެސިއަލިސްޓް ޑޮކްޓަރުން ގެ ޙިދުމަތް ނ، ބ، ޅ އަތޮޅު ހޮސްޕިޓަލުގެ އިތުރުން ކ. ގާފަރު، ކާށިދޫގައި އައުޓްރީޗް ޕްރޮގްރާމް ގެންދެވިފައިޥޭ. އެގޮތުން ޖުމަލް 890 އަށް ވުރެ ގިނަ ބަލިމީހުނަށް ފަރުވާ ދެވިފައިވޭ

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close