ޚަބަރު

ރަށުގެ ތަރައްގީއަށް ކަނބަލުންނާ އެކު އެންމެ އިސް ސަފުގައި ސުފައިލާ

ނޯޓް: މިބައިގާ ޝާއިރުކުރެވޭ ލިޔުންތަކަކީ ވިޔަފާރި އުސޫލުން ކެނޑިޑޭޓުންނަށް ކެންޕޭން ކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ޝާއިރުކުރެވޭ ލިޔުންތަކެވެ.

ރ. އުނގޫފާރު، އައްސޭރި، އައިޝަތު ސުފައިލާ އެންމެން ދަންނަނީ ރަށުގެ ކުރިއެރުމަށް އަދި ރަށުގައި އިޖުތިމާއީ ގޮތުން ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ އިސްސަފުގައި ނަގާ ކިޔަން އަބަދު ވެސް ނުކުމެ ހުންނަ ޒުވާނެއްގެ ގޮތުގައެވެ. ރަށަށް ޚިދުމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތަކީ ސުފައިލާއަށް ލިބޭ ބޮޑު އުފަލެއް ކަމުގައި އޭނާ ދެކެއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އުނގޫފާރު ކައުންސިލްގެ އަންހެނުންނަށް ޙާއްސަ ގޮނޑިތަކުން ގޮނޑިއަކަށް ސުފައިލާ ކުރިމަތިލަނީ މި ފުރުސަތަކީ ރަށުގެ ރައްޔިތުންގެ އުންމީދުތައް އަންހެން ކަނބަލުންގެ ދައުރާއެކު ޙާސިލްކޮށްދިނުމަށް ލިބިގެންދާނެ ފުރުސަތަކަށް ވާތީއެވެ.

ސުފައިލާ އަކީ ކޮންމެ ވެރިކަމެއް އޮތަސް ރަށުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދީ، އެކަމެއްގައި އެންމެ އިސްސަފުގައި މިހާތަނަށް އުޅެފައިވާ، އަދިވެސް އެ ގޮތުގައި ދެމިހުންނާނެ ޒުވާނެކެވެ.

ސުފައިލާ ބުނި ގޮތުގައި އޭނާ ވާނީ ވަކި ގިންތިއަކަށް ވަކި ފަންތިއަކަށް ބެލުމެއް ނެތި ރައްޔިތުންގެ އަޑު އެންމެ ގާތުން އަހާނެ، އަބަދުވެސް އިންސާފަށް ލޯބިކުރާނެ މީހަކަށެވެ. ސުފައިލާ އަކީ ރަށްދެކެ އިންތިހާއަށް ލޯބިވާ، ރަށުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމަކަށް ފަހުރުވެރިވާ އަދި ރަށް ތަރައްޤީވެ، ކުރިއަރާ ދިއުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޒުވާނެކެވެ.

ސުފައިލާ ގެ އެއް އަޒުމަކީ ރައްޔިތުން މިފަހަރު އޭނާ އަށް އެ ފުރުސަތު ހޯދައިދީފި ނަމަ ހައްޤާއި، އިންސާފައި، ހަމަހަމަކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރުމެވެ. ޚިދުމަތް ކުރުމުގައި ވަކި މީހަކަށް ތަފާތު ކުރުމަކީ ސުފައިލާ އެއްގޮތަކަށް ވެސް ޤަބޫލުކުރާ ކަމެއް ނޫނެވެ. ސުފައިލާ މަސައްކަތް ކުރަން ބޭނުން ވަނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި އެންމެ ގާތުންނެވެ.

ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ އަޑުއަހައިގެން ހަމަހަމަކަމާ އިންސާފާ އެކު މަސައްކަތް ކުރާނެ ކެނޑިޑޭޓެއް އިހުތިޔާރު ކުރެއްވުމަށް ކެނޑިޑޭޓު ނަންބަރު 6 އައިޝަތު ސުފައިލާއަށް ވޯޓުދެއްވާ!

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close