Businessޚަބަރު

އާއިލާ އާއި ރައްޓެހިންނާއެކު ރޯދަވީއްލުމަށް ހެޕީފޭސް

އުނގޫފާރުގައި އެންމެ ފަހުން ހުޅުވި އެއް ރެސްޓޯރަންޓް ކަމަށްވާ “ހެޕީފޭސް”އިން މި ރޯދަމަހު ރޯދަ ވީއްލުމަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފް ކޮށް ރޯދަ ވީއްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެމުން އެ ރެސްޓޯރަންޓުން ބުނީ މިފަދަ ކަމެއް މިގޮތައް ކުރުމުގެ ބޭނުމަކީ ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި މާހައުލެއްގައި ރޯދަ ވީއްލުމުގެ އުފާވެރިކަން ކަސްޓަމަރުންނަށް ހޯދައި ދިނުން ކަމަށެވެ.

ތަޖުރިބާ ކާރު ދިވެހި ޝެފް “އިބްރާހީމް” އެންމެން ދަންނަ އިފުރު ކެފޭގައި ރޯދަވީއްލުން ތައްޔާރުކުރި އިބްރާހީމްގެ ރަހަތަކުން ހިތްގައިމުކަން ގެނެސްދޭ މި ރޯދަވީއްލުމުގައި ހެޕީފޭސް އިން ކަނޑައަޅާފައި ވަނީ ބޮލަކަށް 65 ރުފިޔާއެވެ. އަދި 5 މީހުންނަށް ވުރެ އިތުރުވާނަމަ ޑިސްކައުންޓް ލިބޭނެއެވެ. އަދި މީގެ އިތުރުން އާއިލާ ތަކަށްވެސް ހާއްސަ އަގުތަކެއް ހަމަޖައްސާފައިވެއެވެ. ރޯދަ ވީއްލުމުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 ގެ ކުރިން 7688145 އަށް ގުޅުއްވާ ނަންނޯޓް ކުރަން ޖެހޭނެއެވެ.

އިބްރާހީމް އަކީ އިފުރު ކެފޭ ހުޅުވިއިރު އެތަނުގައި މަސައްކަތްކުރި ޝެފެކެވެ. އެއިރު އިފުރުކެފޭ އަކީ ރ އަތޮޅުގެ އިތުރުން ނ އަތޮޅުގެ މީހުންގެ މެދުގައިވެސް ވަރަށް މަޤުބޫލު ކެފޭއެކެވެ. އެދުވަސްވަރު އިފުރު ކެފޭގައި ރޯދަވީއްލުމަށް ގިނަ ބަޔަކު އަތޮޅު ތެރެއިންނާއި ކައިރި އަތޮޅު ތަކުން އިފުރަށް ގޮސްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close