ޚަބަރުރ.އަތޮޅުސިއްޙަތު

އިނގުރައިދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

ރ. އިނގުރައިދޫ ކައުންސިލުން އިސްނަގައިގެން ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިނގުރައިދޫ ސިއްހީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އިނގުރައިދޫ ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރ. އަތޮޅު ކައުންސިލް ނައިބު ރައީސް ޢަބްދުﷲ ހުސެއިންއެވެ. މިރަސްމިއްޔާތުގައި އިނގުރައިދޫ ކައުންސިލް މެމްބަރުންނާއި އިނގުރައިދޫ ސްކޫލުގެ ޕްރިންސިޕަލްއާއި އިނގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

”ދުޅެހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު” މި ނަމުގައި މިދިޔަ މާޗިރު މަހުގެ 10 ން އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކަސްްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ރަނގަޅު ކާނާއާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އިނގުރައިދޫގައި ދިރިއުޅޭ 18 އަހަރުން މަތީ އެންމެންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 38 ފަރާތަކުން ބައިވެރިވެ، 22 ފަރާތަކުންވަނީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ހަނދާނީ ލިޔުން ހާސިލްކޮށްފައެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

މައުލޫމާތު: ޕޮލިސް ލައިފް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close