ޚަބަރު

ފިތުރު ޒަކާތް ބަލައިގަތުން ހެނދުނު 9:30 ން 12:00 އަށް

އުނގޫފާރުގައި މި ރަމަޟާން މަހު ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ހެނދު 9:30 ން މެންދުރު 12:00 އަށް ކަމަށް އުނގޫފާރު ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން މިހެން ބުނެފައިވަނީ ފިތުރު ޒަކާތް ބަލައިގަތުމާއި ގުޅޭގޮތުން ކޮށްފައިވާ އިއުލާނުގައެވެ. އެ އިއުލާނުގައި ބުނެފައިވާގޮތުން 1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން އުނގޫފާރު ކައުންސިލުން ކުރިއަށް ގެންދާނީ ރަމަޟާން މަހުގެ 2 ވަނަ ދުވަސް (14 އޭޕްރީލް) ން ފެށިގެން ރަމަޟާން މަހުގެ 28 ވަނަ ދުވަސް (10 މެއި) ގެ ނިޔަލަށެވެ.

ފިތުރު ޒަކާތުގެ މިންވަރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ ނުވަތަ ދައްކާނީ އެމީހަކު އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތްތަކަކުން (ގޮވާމުން) އެރަށެއްގެ ރޭޓުން 2.4 ކިލޯ ގްރާމްގެ މިންވަރަށެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ 2.4 ކިލޯ ގްރާމުގެ އަގަށްވާ ފައިސާއިންނެވެ.

އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިން ފަދަ ވަސީލަތަކުން ޒަކާތް ދައްކާނަމަ އުނގޫފާރު ކައުންސިލްގެ ރެވެނިއު 1 ނަމްބަރު އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާ ޖަމާކުރުމަށްފަހު ސްލިޕް ވައިބަ ކޮށްދެއްވުމަށް އެދި ލައްވައެވެ.

އެކައުންޓް ނަމްބަރ : 7717 700465 001

ސްލިޕް ވައިބަ ކުރައްވާނީ : 7970506

ސްލިޕް ވައިބަރ ކުރައްވާއިރު ޒަކާތް ދެއްކި ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން އެދިލައްވައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close