ޚަބަރުރ.އަތޮޅުދީން

ދުވާފަރު ކައުންސިލް – ކޮމްބިނޭޝަން ޤުރްއާން މުބާރާތް އުނގޫފާރު ޑޮޓް ކޮމް އިން ލައިވް ކުރާނެ

މިރޭ ރ. ދުވާފަރުގައި ފެށޭ “ދުވާފަރު ކައުންސިލް – ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442” އުނގޫފާރު ޑޮޓް ކޮމް އިން ލައިވް ކުރާނެއެވެ.

މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔަތު އޮންނާނީ މިރޭ 21:15 ގައި ދުވާފަރު ޕްރައިމަރީ ސްކޫލް ހޯލުގައެވެ. ފެށުމުގެ ރަސްމިއްޔާތައްފަހު ދެން ކުރިއަށްދާނީ މުބާރާތުގެ ބައިވެރިންގެ ކިޔެވުމެވެ. މިރޭ ކިޔެވުމަށް ހަމަޖެހިފައިވަނީ 35 އަހަރުން މަތީގެ ބައިވެރިންގެ ކިޔެވުމެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ފުރަތަމަ ދަންފަޅީގެ ކިޔެވުން ފެށޭނީ މެންދުރުފަހު 13:15 ގައެވެ. 13:15 ން 15:15 އަށް ކުރިއަށްދާނީ މުބާރާތުގައި އުނގޫފާރުން ބައިވެރިވި ބައިވެރިންގެ ކިޔެވުމެވެ.

ހޮނިހިރު ދުވަހުގެ ދެވަނަ ދަންފަޅީގެ ކިޔެވުން ފެށޭނީ ހަވީރު 16:15 ގައެވެ. މިދަންފަޅީގައި ކިޔަވާނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ކިޔެވުމެވެ.

ހޮނިހިރު ދުވަހުގެ ފަހު ދަންފަޅީގައި ކިޔަވާނީ 17 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ބައިވެރިންގެ ކިޔެވުމެވެ. މިދަންފަޅީގެ ކިޔެވުން ކުރިއަށްދާނި ރޭގަނޑު 21:15 ން 23:00 އަށެވެ.

އާދީއްތަ ދުވަހުގެ ދެ ދަންފަޅީގައިވެސް ކުރިއަށްދާނި 9 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާ ތަކުގެ ބައިވެރިންގެ ކިޔެވުމެވެ.

މިމުބާރާތަކީ ރައްޔިތުންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ބާރުއެޅުމަށާއި، އަދި އެރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބިކުރާ ރައްޔިތަކަށް ހެދުމުގެ މަޤްސަދުގައި ދުވާފަރު އިޖްތިމާއީ ގްރޫޕެއްކަމަށްވާ “ކޮމްބިނޭޝަން” އާއި ޒުވާނުންގެ ޖަމްޢިއްޔާއާއި ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރ އަކީ ދުވާފަރު ކައުންސިލްއެވެ. މީޑިއާޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close