ޚަބަރުރ.އަތޮޅުދީން

“ދުވާފަރު ކައުންސިލް – ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442” އުނގޫފާރުގެ ބައިވެރިން ކިޔަވާނީ މިއަދު މެންދުރު ފަހު

ދުވާފަރުގައި މިހާރު ކުރިއަށްދާ “ދުވާފަރު ކައުންސިލް- ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442” ގައި އުނގޫފާރު ތަމްސީލުކުރާ އުނގޫފާރުގެ ބައިވެރިން މިއަދު މެންދުރުފަހު ކިޔަވާނެއެވެ. މިދަންފަޅީގެ ކިޔެވުން ފެށޭނީ މެންދުރުފަހު 13:15 ގައެވެ. 13:15 ން 15:15 އަށް ކުރިއަށްދާ މިދަންފަޅީގައި ކިޔަވާނީ ހަމައެކަނި މުބާރާތުގައި އުނގޫފާރުން ބައިވެރިވި ބައިވެރިންނެވެ. މައުލޫމާތު ލިބިފައިވާގޮތުން މިބައިވެރިން ދުވާފަރަށް ދިއުމަށް އުނގޫފާރުން ފުރުމަށް ހަމަޖެހފައިވަނީ މެންދުރު ފަހު 12:45 ގައެވެ.

ހޮނިހިރު ދުވަހުގެ ދެވަނަ ދަންފަޅީގެ ކިޔެވުން ފެށޭނީ ހަވީރު 16:15 ގައެވެ. މިދަންފަޅީގައި ކިޔަވާނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ކިޔެވުމެވެ.

ހޮނިހިރު ދުވަހުގެ ފަހު ދަންފަޅީގައި ކިޔަވާނީ 17 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ބައިވެރިންގެ ކިޔެވުމެވެ. މިދަންފަޅީގެ ކިޔެވުން ކުރިއަށްދާނި ރޭގަނޑު 21:15 ން 23:00 އަށެވެ.

އާދީއްތަ ދުވަހުގެ ދެ ދަންފަޅީގައިވެސް ކުރިއަށްދާނި 9 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާ ތަކުގެ ބައިވެރިންގެ ކިޔެވުމެވެ.

މިމުބާރާތަކީ ރައްޔިތުންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ބާރުއެޅުމަށާއި، އަދި އެރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބިކުރާ ރައްޔިތަކަށް ހެދުމުގެ މަޤްސަދުގައި ދުވާފަރު އިޖްތިމާއީ ގްރޫޕެއްކަމަށްވާ “ކޮމްބިނޭޝަން” އާއި ޒުވާނުންގެ ޖަމްޢިއްޔާއާއި ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރ އަކީ ދުވާފަރު ކައުންސިލްއެވެ. މީޑިއާޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close