ޚަބަރުރ.އަތޮޅުދީން

“ދުވާފަރު ކައުންސިލް ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442″ ގެ ބައިވެރިންގެ ކިޔެވުން ނިމިއްޖެ

ދުވާފަރު ކައުންސިލް ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442

ދުވާފަރު ޒުވާނުންގެ ޖަމްއިއްޔާ އާއި ކޮމްބިނޭޝަން ގުރޫޕް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ދުވާފަރު ކައުންސިލް ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442”ގެ ކިޔެވުން ނިމިއްޖެއެވެ.

މުޅިޖުމުލަ 6 ދަންފަޅިއަކަށް ބަހާލައިގެން އިއްޔެގެ ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 59 ބައިވެރިން ވަނީ ކިޔަވާފައެވެ. މިމުބާރާތުގައި ބައިވެރި ވެފައިވަނީ އުނގޫފާރުގެ 12 ބައިވެރިން ނާއެކު ޖުމުލަ 63 ފަރާތެކެވެ.

މިމުބާރާތަކީ ރައްޔިތުންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ބާރުއެޅުމަށާއި، އަދި އެރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބިކުރާ ރައްޔިތަކަށް ހެދުމުގެ މަޤްސަދުގައި ދުވާފަރު އިޖްތިމާއީ ގްރޫޕެއްކަމަށްވާ “ކޮމްބިނޭޝަން” އާއި ޒުވާނުންގެ ޖަމްޢިއްޔާއާއި ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރ އަކީ ދުވާފަރު ކައުންސިލްއެވެ. މީޑިއާޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެރޭގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close