ދީން

މަންމައަށް އިހާނެތިކޮށް ހިތި މީހެއްގެ ނިމުން އައިގޮއިތް

ނޯޓް: މި ވާހަކަ އަކީ އަލް އަޚް އަލީ ރަމީޒުގެ ވީޑިއޯއަކުން ނަގާފައިވާ ވާހަކައެކެވެ.

އަހަރެންނަށް ޒުވާނެއްގެ ފޯންކޯލެއްއެވެ. އެ ޒުވާނާގެ ފުދުންތެރިކަމާއި ތަކަނަވަސްކަން ހުރި މިންވަރު ބަޔާން ކުރުމަށް އޭނާބުންޏެވެ. އަހަރެން ކައިރީ އެއް މިލިއަން ރިއާލް އެއީ އެންމެ ރިއާލެއް ފަދައެވެ. ނުވަތަ އެއްމިލިއަން ދިނާރު އެއީ އެންމެ ދީނާރެއް ފަދައެވެ. ނުވަތަ އެއްމިލިއަން ފައިސާ ފޮތި  އެއީ އެންމެ ފައިސާ ފޮއްޗެއްފަދައެވެ.

އެއަށް ފަހު އޭނާ އަށް ޖެހިގެން އުޅޭ ހިތާމާއިގެ ވާހަކަ އަހަރެންނަށް ހުށައެޅިއެވެ. އަހަރެން މި އުޅެނި އަހަރެންގެ ބައްޕަ ނިޔާވެގެންނެވެ. “އެހެންވީމަ ބައްޕަގެ ހިނެވުމުގެ ކަންތައް ކޮށްދެއްވައިތޯ މިގުޅާލީ!” އަހަރެން ބުނީމެވެ. “އެންމެ ރަގަޅު، އަވަހަށް މިކޮޅަށް ހިނަވާ ތަނަށް ގެންނަންވީނު.” ޒުވާނާ ބުނެލިއެވެ. “އަހަރެން ބޭނުންވަނީ އަހަރެންގެ ގޭގައި ބައްޕަ ހިނަވަން. މިކޮޅަށް ދުރުވެދެއްވަންވީނު.” އަހަރެން ފޯނު ބޭއްވުމަށްފަހު ޒުވާނާ ދިން އެޑްރެހަށް ހިނގައްޖައީމެވެ.

ލޮބުވެތި އަޙުންނާއި އުޙްތުން! އެކުވެރި ކިއުންތެރިން! އެޒުވާނާގެ ގެޔަކީ ތަނަވަސްކަމާއި، ތިޔާގިކަން ދައްކުވައިދޭ ފުރިހަމަ ގަނޑުވަރެކެވެ. އަހަރެންނަށް ލިބުނު އިޒްނައާއެކު އެގެ ތެރެއަށް ވަދެއްޖައީމެވެ. އަދިމައްޔިތާ ހިނެވުމަށްޓަކައި ބޭނުންވާނެ ތަކެތި ތައްޔާރު ކޮށްލީމެވެ. އެޒުވާނާ ވާހަކަ ދައްކަންފެށިއެވެ. “އޭ ޝޭޙް! ތިޔަ ކަފަޔަކުން ނޫން ކަފުން ކުރާނީ. އަހަރެން ދޭ އެއްޗެއް ކަފުނަށް ލާނީ!” އެއަށްފަހު އޭނާ ގެނައީ ހަސަތޭކަ ރިޔާލައަށް މީޓަރެއެއް ދޭ ފަށުވި ފޮތީގެ  ފޭއްޔެކެވެ. އަހަރެންގެ ދެފައި ތުރުތުރު އަޅައިގެން ދިޔައެވެ.

ދެލޯ ބޮޑުކޮށްލުމަށް ފަހު ހައިރާން ކަމާއިއެކު އަހަރެން އެކަމަށް އިންކާރު ކުރުމުގެ ގޮތުން ބުނެލީމެވެ. “ދިރި ހުރި ފިރިހެނުންނަށް ހުއްދަ ނުވާއެއްޗެއް ކިހިނެއް އަހަރެން މަރުވެފައިވާ މީހަކަށް ބޭނުން ކުރާނީ. އެ އެއް ބޭނުމެއް ނުކުރެވޭނެ” އަހަރެން ރުއްސާލުމަށް އެޒުވާނާ ބުނެލިއެވެ. “އަހަރެން އަގު ދޭނަށް. އަހަރެން ބުނާ ގޮތަށް މިކަން ކޮށްދެއްވާ!” އަހަރެން ޖަވާބުގައި ބުނެލީމެވެ. “ނޫން. ތިބާއަކަށް އަހަރެންގެ އަގެއް ނުދެވޭވެނެ. ހުރިހާ މުދަލެއް އެކީގައި ހޭދަ ކުރިއަސްވެސް އަގެއް ނުދެވޭނެ. މިކަން ކުރެވޭނީ ދީނުގައި އޮއިތް ގޮތަށް.”

އެންމެފަހުން އެޒުވާނާ އެއްބަސް ވުމުން އަހަރެންނާއި އެކު ބައްޕަ ހިނެވުމުގައި ބައިވެރިވުމަށް އެދުނީމެވެ. އޭނާގެ ޖަވާބް ވަރަށް އަވަހެވެ. “ޝޭޙްގެ އެހީތެރިންގެ ގޮތުގައި ތިބޭނެ ދެ ޙާދިމުންނާއި އަދި ދެ ޙާދިމާއިން. އެމިހުން ޝޭޙަށް ބޭނުން ވެލައްވާ ކޮންމެ ކަމެއް ކޮށްދޭނެ.” އަހަރެންގެ ހިތަށް ނުރުހުންތެރިކަން ވެރިވެއްޖެއެވެ. އަދި ބުނެލީމެވެ. “އެކަކުވެސް ބޭނުމެއް ނޫން. އަހަރެން ތިބާއަށް މި އެދެނީ އެއީ ތިބާގެ ބައްޕަ ވީމަ އެކަމުގެ އަޖުރުވެސް ތިބާއަށް ލިބޭނެތީއެހެންވެ”

ކޮންމެއަކަސް އެޒުވާނާ އޭނާގެ ބައްޕަ ހިނެވުމުގައި ބައިވެރިވުމަށް އިންކާރު ކުރުމުން މައްޔިތާ ބާއްވާފައި އޮތް ކޮޓަރިއަށް އަހަރެން ވަދެއްޖައީމެވެ. އެއީ ވަރަށް ތަނަވަސް ކޮޓަރިއެކެވެ. ހަމަ އެކަނި މައްޔިތާ ބާއްވާފައި އޮއިތް އެނދު ފިޔަވާ އެހެން އެއްވެސް އެއްޗެއް ކޮޓަރިއަކު ނެތެވެ. ނުހަނު ސާފު، އެހާމެ ޒީނަތްތެރި، ދިރޭ އެއްވެސް އެއްޗެއްގެ ހިލަމެއްވެސް ނެތެވެ. އަހަރެން މަޑުމަޑުން އެމައްޔިތާއާ ކައިރި ވެލުމަށްފަހު އޭނާގެ މޫނު ދެކިލުމަށްޓަކައި މަތިން އަޅާފައި އޮއިތް ފޮތިގަނޑު ކަހާލީމެވެ.

އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އަދި ބިރުވެރިކަން ހިތައްވެރިވެ ގައިން ހިބިހި ނަގައިގެންދިޔައެވެ. ލޮބުވެތި އަޙުންނާއި އުޙްތުން! އެކުވެރި ކިއުންތެރިން! އެ މައްޔިތާ ގައިން އަހަރެންނަށް ފެނުނީ ކޯންޗެއްތޯ؟ ކުދި ކުދި ހިނި ތަކެކެވެ. މުޅި މައްޔިތާ ގައިގާ ވަނީ ހުސް ހިންނެވެ. މޫނުވެސް ފެންނާކަށް ނެތެވެ. ހަށިގަނޑުގެ އެންމެ ތަންކޮޅެއްވެސް ނުފެނެއެވެ. ހިނިތައްވަނީ ފުރާލާފައެވެ. ނޭފަތާއި ކަންފަތުން އަދި އަނގައިގެ ތެރެއިން ވަދެ ނިކުމެވާ ހިނިތަށް ހަރަކާތްތެރި ވަމުންދަނީ ނުހަނު ހަލުވިކަމާއި އެކުއެވެ. އެއި ސަޙަރާގެ ތެރޭގައި އުޅޭ ހިނީގެ ވައްތަރެކެވެ. އިންސާނެއްގެ ގައިގާ ދައިގަތްފިއްޔާ އޭތި މަރުވާއިރުވެސް އިންނާނީ ދަތްއަޅައިގެންނެވެ. އޭގެ ހިނި މުޅި މައްޔިތާވަނީ ފޮރުވާލާފައެވެ. އެކަމަކު ބިންމަތީގައިވެސް އަދި މައްޔިތާ ބާއްވާފައި އޮއިތް އެނދުމަތީގާވެސް މައްޔިތާގެ ގައިގާ ފިޔަވާ އެހެންތާކު ހިންޏެއްނެތެވެ. ކޮޓަރީގެ ތެރެއަށް ހިނި ވަދެ ނިކުމެވާ އެއްވެސް މަންޒަރެއް ފެންނާކަށް ނެތެވެ. ކިހިނެއް، ކޮން ގޮތަކަށް ވަތް ހިނިތަކެއްކަން ދެނެވޮޑިގެން ވާނީ ހަމަ އެކަނި ﷲ ތަޢާލާއެވެ.

ލޮބުވެތި އަޙުންނާއި އުޙްތުން! އެކުވެރި ކިއުންތެރިން! އެންމެ ފަހުން ވަރަށް އުނދަގޫކަމާއިއެކު އިތުރު މީހުންނާއި އެކު މައްޔިތާހިނަވާ ކަފުން ކުރުމަށް ފަހު ވަޅުލައިފީމެވެ. އެ އަވަށުގެ އުމުރުން ދުވަސްވީ މީހުންކުރެ އެމީހާގެ އުޅުމާއި ބެހޭގޮތުން ސުވާލުކޮށް އޮޅުން ފިލުވާލުމުން އިނގުނީ، އޭނާ އަކީ އޭނާގެ މައިންބަފައިންނަށް ވަރަށް އިހާނެތިކޮށް ހިތި މީހެއްކަމެވެ. މަންމަގެ ގައިގާ ތަޅާ އަނިޔާކޮށް އުޅުނު މީހެއްކަމެވެ. ނުވަ މަސްދުވަހު އެ މައިމީހާ ބަނޑުގައި އުފުލި އުފުލުން، ވިހެއުމުގެ ގަދަ ވޭނާއި، ޅައުމުރުގައި އުފުލި ބުރަ، މި އިން އެއްވެސް ކަމެއްގެ މަތިން އިޙްސާސް ނުވަނީބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ކަށްވަޅަށް ފަސްގަނޑުގެ ތެރެއަށް ދިއުމުގެ ކުރިން ފަސްމަތީގައި ވަނިކޮށްވެސް މިވަނީ އޭނާގެ މައްޗަށް ﷲ ކުދި ކުދި މަޙްލޫޤުތަކެއް ފާ ކުރައްވާފައެވެ. އަދި ކައްވަޅުގައި ވާނީ ކޮންފަދަ ހާލެއްގައިބާ! ތަނަވަސް ކަމާއި، މުއްސަނދި ކަމުން ކުރާނެ ފައިދާއެއް ވާނެބާ! ﷲގެ ރުހިވޮޑިގަތުން ލިބުންވަނީ މައިންބަފައިންގެ ރުހުން ލިބިގެންކަން މި ނިކަމެތި އިންސާނާއަށް ނޭނގުނީބާއޭ އަހަރެންގެ ހިތައްއެރިއެވެ.

وَاعۡبُدُوا اللّٰهَ وَلَا تُشۡرِكُوۡا بِهٖ شَيۡـئًـا​ ؕ وَّبِالۡوَالِدَيۡنِ اِحۡسَانًا

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close