ޚަބަރުދީން

“ދުވާފަރު ކައުންސިލް ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442″ ގެ ނަތިޖާ ފާޅުކޮށް އިނާމް ދިނުން މިރޭ

ދުވާފަރު ކައުންސިލް ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442

ދުވާފަރު ޒުވާނުންގެ ޖަމްއިއްޔާ އާއި ކޮމްބިނޭޝަން ގުރޫޕް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ދުވާފަރު ކައުންސިލް ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1442”ގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރަސްމިއްޔާތު އޮންނާނީ ދުވާފަރު ޕްރައިމަރީ ސްކޫލް ހޯލުގައި މިރޭ 21:30 ގައެވެ.

މުޅިޖުމުލަ 6 ދަންފަޅިއަކަށް ބަހާލައިގެން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 59 ބައިވެރިން ވަނީ ކިޔަވާފައެވެ. މިމުބާރާތުގައި ބައިވެރި ވެފައިވަނީ އުނގޫފާރުގެ 12 ބައިވެރިން ނާއެކު ޖުމުލަ 63 ފަރާތެކެވެ.

މުބާރާތަށް ހުށައަޅާފައިވާ އިނާމަށް ބަލާއިރު މުޅި މުބާރާތުގެ އެއްވަނަ ބައިވެރި އަކަށް ވިހިހާސް ރުފިޔާ، ދެވަނަ ބައިވެރިޔާއަށް ދިހަހާސް ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް ފަސްހާސް ރުފިޔާ ހުށައަޅާފައި ވެއެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުގެ ގަދަ 6 ވަނާގައި ހިމެނޭ އަނެއް 3 ބައިވެރިންނަށް ( 1، 2 އަދި 3 ވަނަ ނުހިމަނައި) ކޮންމެ ބައިވެރިއަކަށް ދެހާސް ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަ ޖެހިފައެވެ.

މިމުބާރާތަކީ ރައްޔިތުންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ބާރުއެޅުމަށާއި، އަދި އެރައްޔިތުންނަކީ ކީރިތި ޤުރްއާނަށް ލޯބިކުރާ ރައްޔިތަކަށް ހެދުމުގެ މަޤްސަދުގައި ދުވާފަރު އިޖްތިމާއީ ގްރޫޕެއްކަމަށްވާ “ކޮމްބިނޭޝަން” އާއި ޒުވާނުންގެ ޖަމްޢިއްޔާއާއި ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރ އަކީ ދުވާފަރު ކައުންސިލްއެވެ. މީޑިއާޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close