ޚަބަރުދީން

އުނގޫފާރުން 1700 އަށްވުރެ ގިނަމީހުން ފިތުރު ޒަކާތް ދައްކައިފި

އިއްޔެގެ ނިޔަލަށް އުނގޫފާރުން 1780 މީހުން ފިތުރުޒަކާތް ދައްކައިފިއެވެ.

ފިތުރުޒަކާތުގެ ކަންކަމުގައި އުނގޫފާރު ކައުންސިލްގައި އިސްކޮން ހަރަކާތްތެރިވާ އޮފިޝަލް ފާތިމަތު ޝިމްލާ އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ބުނީ ފިތުރުޒަކާތް ދެއްކުމަށް އުނގޫފާރު ކައުންސިލުން ކަނޑައެޅި މުއްދަތުގައި 1780 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވިފަހުންވެސް ބައެއްފަރާތްތަކުން އެކަމަށް އެދެމުންދާތީ މިއަދާއި އަދި މާދަމާވެސް ފިތުރުޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ.

އިއްޔެގެ ނިޔަލަށް 1780 މީހުން ފިތުރު ޒަކާތް ދައްކާފައިވާ އިރު، ކުރީ އަހަރުތަކާ ހިލާފަށް ގިނަބަޔަކު މިފަހަރު ޒަކާތް ދައްކާފައިވަނީ އާދައިގެ ހަނޑުލުންކަން (ހަނޑުލުގެ އަގަށްވާ ފައިސާއިން) ޝިމްލާ ފާހަގަކުރެއްވިއެވެ. އާދައިގެ ހަނޑުލުގެ އިތުރުން ބާސްމަތީ ހަނޑުލާއި އާޓާފުށާއި ތައިލެންޑް ހަނޑުލާއި ރަތް ހަނޑޫ އަދި ފުށުންވެސް މީހުން ފައިސާ ދައްކާފައިވާކަން ޝިމްލާ ފާހަގަ ކުރެއްވިއެވެ.

ފިތުރު ޒަކާތް ބަލައިގަތުން ހެނދުނު 9:30 ން 12:00 އަށް

ފިތުރު ޒަކާތުގެ މިންވަރަކީ ޒަކާތް ނެރޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.5 ކިލޯ އާއި ތިން ކިލޯއާ ދެމެދުގެ މިންވަރެކެވެ. ޒަކާތް ނެރެން ޖެހެނީ އެބަޔަކު އާންމުކޮށް ކެއުމުގައި ބޭނުންކުރާ މައިގަނޑު ގޮވާމުގެ ބާވަތުންނެވެ. ރާއްޖޭގައިނަމަ ހަނޑުލުން ނުވަތަ ފުށުން ނެރުން ހުއްދަ އެވެ.

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި އިއްޔެގެ ނިޔަލަށް އުނގޫފާރު ކައުންސިލަށް ލިބިފައިވަނީ 25،542.00 ރުފިޔާއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close