ޚަބަރު

އުފާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ސުޒީލް

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ސުޒީލް، ޖަވްޒާމަންޒިލް ރ. އުނގޫފާރު (ޒިލާން) އިންތިޚާބުވެއްޖެއެވެ.

އުފާގެ ޑިރެކްޓާރ ޖެނެރަލްގެ މަޤާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު ބޭއްވި މި އިންތިޚާބުގައި މި މަޤާމަށް ކުރިމަތިލާފައި ވަނީ ޒިލާން އެކަންޏެވެ. އަދި ޒިލާން މި މަޤާމަށް އިންތިޚާބުވެފައި ވަނީ އުފާގެ މެންބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން 95% ވޯޓާއެކުއެވެ.

އުފާގެ ހިންގާ ކޮމިޓީގެ އޮނިގަނޑު އޮންނަ ގޮތުން އުފާގެ އެންމެ އިސްފަރާތަކީ ޑިރެކްޓަރ ޖެނެރަލްއެވެ. މި މަޤާމުގެ އިތުރުން އުފާގެ އިތުރު 3 މަޤާމަކަށްް މީހުން އިންތިޚާބުކޮށްފައިވެއެވެ.

އެއީ އުފާގެ ފައިނޭންސް ޑިރެކްޓާރގެ މަޤާމަށް، މުޙައްމަދު ޝާހު، ފެންފިޔާޒުގެ ރ.އުނގޫފާރު އަދި އެސިސްޓެންޓް ފައިނޭންސް ޑިރެކްޓަރގެ މަޤާމަށް ހުސެއިން ހަމީދު، ދިރޭލާލުގެ، ރ. އުނގޫފާރު އެވެ.

ހުސެއިން ހަމީދު ކުރިން ހުންނެވީ އުފާގެ އެސިސްޓެންޓް ސްޕޯޓްސް ޑިރެކްޓަރގެ މަޤާމުގައެވެ. އެހެން ކަމުން އެސިސްޓެންޓް ސްޕޯޓްސް ޑިރެކްޓާރގެ މަޤާމު ހުސްވުމުން އެ މަޤާމަށް އަލަށް އިންތިޚާބުކޮށްފައި ވަނީ އަހުމަދު ޠަލާލް، ކުދިވޭރުވާދީ، ރ.އުނގޫފާރުއެވެ.

 

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close