ޚަބަރުކޮވިޑް-19

އުނގޫފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އުނގޫފާރުގެ ކޮވިޑްގެ ހާލަތު

އުނގޫފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ޔޫއާރްއެޗް އިން ބުނިގޮތުގައި އުނގޫފާރުން ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓުކުރި މީހެކެވެ.

އަދި މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އުނގޫފާރު.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައި ވަނީ ގެއެއްގައި އެނދުމަތިކޮށްފައިވާ އުމުރުން ދުވަސްވީ މީހެކެވެ.

އުނގޫފާރުން ފެނުނު ކޭސްއަކީ ކޮމިއުނީޓީ ސްޕްރެޑަކަށް ވުން ގާތެވެ.

މި ކޭސްއާ ގުޅިގެން އުނގޫފާރު މޮނީޓަރިންއަށްލުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close