ޚަބަރުރ.އަތޮޅުކޮވިޑް-19

ދުވާފަރުން މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވުމާގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފި

ރ. ދުވާފަރުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދާ ނިމެންދެން އެރަށަށް އަރާފޭބުން މިހާރުވަނީ މަނާ ކޮށްފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި ދުވާފަރުން ފައްސިވެފައި ވަނީ ބަލީގެ އަލާމަތްތައް ފެންނާތީ ޓެސްޓުކުރި މީހެކެވެ. މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދުވާފަރު ހެލްތު ސެންޓަރުން ބުނި ގޮތުގައި ފައްސިވެފައި ވަނީ ސަމަންދަރު ބޯޓުގެ ފަޅުވެރިއެއް ކަމަށެވެ. ދުވާފަރު ހެލްތު ސެންޓަރުން ބުނީ އެ ބޯޓުގެ 2 ފަޅުވެރިއެއްގެ ފަރާތުން ކޮވިޑް-19 އަށް ސައްކުވާފަދަ އަލާމަތްތަކެއް ފެންނާތީ އެ 2 މީހުންގެ ސާންޕަލް ޓެސްޓުކުރުމުން އެތަނުން އެކަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

ރ. ދުވާފަރާ އެކު ރ. އަތޮޅުގެ 5 ރަށެއް މިހާރު އޮތީ މޮނީޓަރިންގައެވެ. އެއީ ރ. އަލިފުށި، ހުޅުދުއްފާރު، އުނގޫފާރު އަދި ރަސްމާދޫ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close