ޚަބަރުރ.އަތޮޅު

ރ. އަތޮޅުގެ ފޯކަލް ޕޮއިންޓަކަށް ސްޓޭޓް މިނިސްޓާރ މުޙައްމަދު ޙާސިމް

ރ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓަކަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމް ހަމަޖައްސަވައިފިއެވެ.

އަތޮޅުތެރޭގެ ކޮވިޑް-19 ގެ ހާލަތު ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން އިސްބޭފުޅަކު ކޮންމެ އަތޮޅަކަށް ހަމަޖެއްސުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ނިންމަވާފައެވެ. އެ ގޮތުން ރ. އަތޮޅުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހާޝިމް ހަމަޖެއްސެވީ ރޭގެ ވަގުތެއްގައެވެ.

ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓާރ ޙާޝިމް އަކީ އެ މިނިސްޓްރީ އިން ހިންގާ ޓިވެޓް ޕްރޮގުރާމް ހިންގުމާ ހަވާލުވު ހުންނެވި އެންމެ އިސްފަރާތެވެ.

އަތޮޅު ތެރޭގެ ކޮވިޑް-19 ހާލަތު އިތުރަށް ބަލަހައްޓާ މޮނީޓާރ ކުރުމަށް ސަރުކާރުގެ ފަރާތުން ކޮންމެ އަތޮޅަކަށް ވެސް ވަނީ ބޭފުޅަކު ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީ ތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close