ޚަބަރު

އުނގޫފާރު ނެރުފައިކައްޓަށް ތެޔޮބޯޓެއް އަރައިފި

އުނގޫފާރު ނެރުފައިކައްޓަށް ތެޔޮ ބޯޓެއް އަރައިފިއެވެ. އުނގޫފާރު.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނެރުފައިކައްޓަށް އަރާފައިވަނީ ކޯސްޓްލައިންގެ ތެޔޮ ބޯޓެކެވެ.

މި ބޯޓު އުނގޫފާރު ފުލުހުންގެ އެހީތެރިކަމާ އެކު ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އުނގޫފާރު ނެރުފައިކަށްޓަށް އެކި އުޅަނދުފަހަރު އެރުމުގެ ހާދިސާތައް މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ހިނގާފައެވެ. ހުޅަނގު މޫސުމުގެ ގަދާގައި އުނގޫފާރު ނެރުން ވަނުން ފާހަގަ ކުރެވެނީ ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ.

މިގޮތުން 2019 ވަނަ އަހަރު ޖަނަވަރީ މަހު އުނގޫފާރު ނެރުފައިކައްޓަށް ދޯންޏެއް އަރާފައިވެއެވެ. 2018 ވަނަ އަހަރު އޯގަސްޓު މަހު ވަނީ އުނގޫފާރު ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރާފައެވެ. އަދި 2015 ވަނަ އަހަރު އުނގޫފާރު ނެރުމައްޗަށް ބޯޓެއް އަރާފައިވެއެެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު އުނގޫފާރު ނެރުމައްޗަށް ތެޔޮ ބޯޓެއް އަދި އިތުރު ދޯންޏެއްވެސް އަރާފައިވެއެވެ.

މިފަދަ އެތައް ހާދިސާތަކެއް ތަކުރާރު ވާތީ އުނގޫފާރު ނެރު ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close