ޚަބަރުރ.އަތޮޅު

ކޮވިޑް-19 ރ. އަތޮޅު އަޕްޑޭޓް: އެކްޓިވް 58 ކޭސް

ރ. އަތޮޅު އެކި ރަށްރަށުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 186 އަށް އަރައިފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ބުނި ގޮތުގައި ފައްސިވި މީހުންގެ ތެރެއިން 131 މީހަކު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.

ހޯމްކަރަންޓީނުގައި ތިއްބައި ޕޮސިޓިވްވި މީހުން ލައިގެން ރ. އަތޮޅުގެ ޖުމްލަ އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު 58 ކޭސް އެއް ހިމެނެއެވެ. އޭގެ ތެރެއިން އެކްޓިވް ކޭސް މިވަގުތު އެންމެ ގިނައީ ރ. އަލިފުށީގައެވެ. ރ. އަލިފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 29 އަށް އަރާފައެވެ.

މިއީ ބަލީގެ އަލާމަތް ފެންނާތީ، މީގެ ހަފުތާއެއް ކުރިން އަލިފުށިން ނެގި ސަންޕަލްއެއް ފައްސިވުމާ ގުޅިގެން އުފެދުނު ކުލަސްޓާރއާ ގުޅުން ހުރި 29 ފަރާތެކެވެ.

މިވަގުތު ރ. އަތޮޅުން މޮނީޓަރިންގައި އޮތް ރަށްތަކަށް ބަލާ އިރު ދުވާފަރުގައި 8 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ހުޅުދުއްފާރުގެ އެކްޓިވް ކޭސް އަދަދަކީ މިހާރު 5 ކެވެ.

މީގެ އިތުރުން ރަސްމާދޫގައި އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި އެކްޓިވް 1 ކޭސް އުޅޭއިރު، މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 ކެވެ.

އުނގޫފާރު މޮނީޓަރިންއިން ނެގިތާ 48 ގަޑިއިރު ފަހުން އަނެއްކާވެސް މިއަދު އުނގޫފާރު މޮނީޓަރިންއަށް ލާފައި ވާއިރު އުނގޫފާރުގައި މިވަގުތު ކޮވިޑް-19 އެކްޓިވް 10 ކޭސް ހިމެނެއެވެ. އޭގެ ތެރޭގައި 3 މީހުން ފިޔަވާ އެންމެންނަކީ ހޯމްކަރަންޓީނު ފުރިހަމަކުރުމަށް ފަހު ނެގި ސާންޕަލް އިން ފައްސިވި މީހުންނެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close