ޚަބަރު

އަލިފުށިން ފައްސިވި މީހުންގެ އަދަދު 29 އަށް

މެއި 24 ވަނަ ދުވަހު ރ.އަލިފުށިން ފެނުނު ކޮވިޑް-19 ކޭސްއާ ގުޅިގެން ނެގި ސާންޕަލް ތަކުގެ ތެރެއިން އިތުރު ސާންޕަލްތަކެއް ފައްސިވެ އެ ރަށުން ޖުމްލަ ފައްސިވި މީހުންގެ އަދަދު 29 އަށް އަރައިފިއެވެ.

މެއި 24 ވަނަ ދުވަހު އަލިފުށިން ޕޮޒިޓިވް ވެފައިވަނީ 6 އަހަރުގެ ކުޑަ ކުއްޖެކެވެ. މި ކުއްޖާއަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ ކުއްޖެއް ނޫން ކަމަށާއި، މި ކުއްޖާގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިވަނީ އަލާމާތްތައް ފެނިގެން ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އަލިފުށިން ފައްސިވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި އަލިފުއްޓަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާ ރަށަކަށް ވާއިރު ކޮމިއުނިޓީ ތެރެއިން މިއަދަދަށް ބިދޭސީން އެއްފަހަރާއި ކޮވިޑް-19 އަށް ފައްސިވުމަކީ އަލިފުށީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވެދާނެ ކަމެެއް ކަމަށް ބެލެވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close