ޚަބަރު

ގަވާއިދާ ޚިލާފަށް ޕޭމަންޓް މަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އަންގައިފި

ރ. އުނގޫފާރު މަގުތަކާއި ގޯޅިތަކުގައި ޕޭމަންޓުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އުނގޫފާރު ކައުންސިލުން އަންގައިފިއެވެ.

އުނގޫފާރު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކައުންސިލުން ހުއްދަ ހޯދުމަކާ ނުލާ، މަގުތަކާއި، ގޯޅިއާއި، ޕޭޕަންޓުގައި ޖޯލިފަތި، އެޅިގައު، ޑަސްޓބިން، ލަކުޑި، ފަދަ ތަކެތި ބަހައްޓަމުންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

އުނގޫފާރު ކައުންސިލުގެ އިއުލާނުގައި މިތަކެތީގެ ވެރިފަރާތެއް ވާ ނަމަ 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް މި ތަކެތި ނެގުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އޭގެ ފަހުން އެ ގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close