ޚަބަރުރ.އަތޮޅުކޮވިޑް-19

ރ އަތޮޅުން ކޮވިޑްގެ ފުރަތަމަ މަރު

ކޮވިޑްބަލީގައި ފަރުވާ ހޯދަމުންދިޔަ މީހަކު ރޭ ފަތިހު ނިޔާވެއްޖެއެވެ. މި ބަލިމީހާ ނިޔާވެފައިވަނީ ބައްޔަށް އިތުރު ފަރުވާ ހޯދުމަށް ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުއެވެ. ނިޔާވެފައިވަނީ އުމުރުން 70 އަހަރުން މަތީގެ ހައިރިސްކު މީހެކެވެ.

ރ. ހުޅުދުއްފާރު ހެލްތުސެންޓަރުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން މި ބަލިމީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަނަށް އެނގިފައިވަނީ ކޮވިޑް 19ގެ ޕޮޒިޓިވް ކޭސް އަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ހޯމްކަރަންޓީންގައި ހުއްޓާ ހަމުގެ ބައްޔަކަށް (ސްކިން ޑިސީސް) ފަރުވާ ދޭން ޖެހިގެން ހުޅުދުއްފާރު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވެގެން ރިލީޒް ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވް ވެގެންކަމަށެވެ. އަދި އިތުރު ފަރުވާ އަށް ހުޅުދުއްފާރުން އޭދަފުއްޓައް މި ބަލިމީހާ ގެންގޮސްފައިވަނީ މޭމަހުގެ 24 ވަނަ ދުވަހުއެވެ.

ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close