ޚަބަރުކޮވިޑް-19

އުނގޫފާރުން އިތުރު 2 މީހުން ފައްސިވެއްޖެ

ރ. އުނގޫފާރުން އިތުރު 2 މީހުން ކޮވިޑް-19 އަަށް ފައްސިވެއްޖެއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި ފައްސިވެފައި ވަނީ އުނގޫފާރުން ނެގި ރެންޑަމް 2 ސާންޕަލްއެވެ.

މިރޭ ފައްސިވެފައިވާ ދެމީހުންކުރެ އެކަކީ އުނގޫފާރު ފިހާރައެއްގައި މަސައްކަތްކުރާ އެފިހާރައިގެ ސޭޓެވެ. އަނެއް މީހާއަކީ އެފިހާރާއިގެ ވެރިޔާގެ ދަރިފުޅެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފައްސިވެފައި ވަނީ މެއި 31 ގައި އުނގޫފާރުން ނެގި ރެންޑަމް ސާންޕަލްތަކުގެ ތެރެއިން 2 ސާންޕަލްއެވެ. މިއާ އެކު އުނގޫފާރުގައި ކޮމިއުނިޓީ ތެރެއިން ފައްސިވި ކޭސްތަކުގެ އަދަދު 5 ކަށް އެރީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close