ޚަބަރު

ކޮވިޑް-19 ރ.އަތޮޅު އަޕްޑޭޓްސް: 113 އެކްޓިވް ކޭސް

ރ. އަތޮޅުގައި މިވަގުތު ތިބި ކޮވިޑް-19 ބަލިމީހުންގެ އަދަކީ 113 އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ 40 ބިދޭސީންނާއި 74 ދިވެހިންނެވެ. މި އަދަދު ތެރޭގައި ހޯމްކަރަންޓީނުގައި ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ޓެސްޓުކުރުމުން ފައްސިވި މީހުންނާއި ކޮމިއުނީ ތެރެއިން ފެނުނު ކޭސްތައް ހިމެނެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ރ.އަތޮޅުން މިހާތަނަށް 253 މީހަކަށް މި ބަލި ޖެހި 136 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ވަކި ވަކި ރަށްރަށަށް ބަލާއިރު  އުނގޫފާރުގައި މިހާތަނަށް 34 މީހަކަށް ބަލި ޖެހި 28 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެކްޓިވް ކެސްގެ އަދަދަކީ 6 ކެވެ.

އެންމެ ބޮޑަށް ބަލިފެތުރިފައިވާ ރ. އަލިފުށީގައި 88 މީހަކަށް ބަލިޖެހި 10 މީހަކު ވަނީ ބަލިން ރަނގަޅުވެފައެެވެ. އެކްޓިވް ކޭސްގެ އަދަދަކީ 78 ކެވެ.

ރ. ވާދޫ އަދި ރަސްގަތީމުގައި ކޮންމެ ރަށެއްގައި ވެސް 5 މީހަކަށް ބަލި ޖެހިފައި ވާއިރު އެ 2 ރަށުގައި ބަލި ޖެހުނު އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރ. އަނގޮޅިތީމުގައި 7 މީހަކަށް ބަލި ޖެހި 6 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކެސްގެ އަދަދަކީ 1 ކެވެ.

މިވަގުތު މޮނީޓަރިންގ ގައި އޮތް ހުޅުދުއްފާރު އަދި ދުވާފަރަށް ބަލާއިރު ހުޅުދުއްފާރުން 26 މީހަކަށް ބަލި ޖެހި 21 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ހުޅުދުއްފާރުގެ އެކްޓިވް ކޭސްގެ އަދަދަކީ 5ކެވެ.

ދުވާފަރުގައި މިހާރު 13 އެކްޓިވް ކޭސް އުޅޭ އިރު 49 މީހަކަށް ބަލިޖެހި 36 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރ. މާކުރަތުގައި އެކްޓިވް ކޭސްއެއް މިވަގުތު ނެތް އިރު އެ ރަށުން 6 މީހަކަށް މިހާތަނަށް ބަލިޖެހިފައިވެއެވެ.

ރ. ރަސްމާދޫގައި ބަލިޖެހިފައިވާ އެކަކު ހުރި އިރު 3 މީހަކަށް ބަލި ޖެހި 2 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރ. އިންނަމާދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 2 ކެވެ. އަދި 3 މީހަކަށް ބަލި ޖެހި އެކަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިނގުރައިދޫގައި، ފައިނުގައި އަދި ކިނޮޅަހުގައި އެކްޓްވި ކޭސްއެއް މިވަގުތު ނެތް އިރު އިނގުރައިދޫ އިން 11 މީހަކަށް ބަލި ޖެހި އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ. ފައިނުން ބަލިޖެހިފައި ވަނީ އެންމެ މީހަކަށެވެ. އަދި ކިނޮޅަހުން 2 މީހަކަށް ވަނީ މި ބަލިޖެހިފައެވެ.

މިވަގުތު މޮނީޓަރިންގ އަށް ލާފައިވާ ރ. މީދޫގައި ބަލި ޖެހިފައިވާ 5 މީހުން ތިބި އިރު 3 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މަޑުއްވަރީގައި މިވަގުތު ބަލިޖެހިފައިވާ 2 މީހަކު ތިބި އިރު 3 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރ. އަތޮޅުން ކޮމިއުނިޓީ ތެރެއިން ބަލި ފެނި މިވަގުތު މޮނީޓަރިންގައި އޮތީ އަލިފުށި، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު އަދި މީދޫއެވެ.

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close