ޚަބަރުރ.އަތޮޅުކޮވިޑް-19

ފައިނުން ނެގި ފްލޫ 2 ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ކޭސްތަކެއް ރ ފައިނުންވެސް ފެނިއްޖެއެވެ. ފައިނުން މި ބަލި ފެނިފައި މިވަނީ މިމަހުގެ 4 ވަނަ ދުވަހު ނެގި ފްލޫ ދެ ސާމްޕަލެއް ޕޮޒިޓިވް ވެގެން ރިޕޯޓްކުރުމައި އެކުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެފަރާތް ޑޮކްޓަރަށް ދައްކާފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން މި ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. ސާމްޕަލް ނަގާފައިވަނީ ބަލިމީހާގެ އެދުމުގެ މަތިންނެވެ.

ފައިނުން މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި ޕޮސިޓިވް ވެފައިވަނީ ފައިނު ސްކޫލް އަދި ކޯޓްގެ ދެ މުވައްޒަފެކެވެ. އެފަރާތުން މައުލޫމާތު ދިންގޮތުގައި މިއީ ޓްރެވެލް ހިސްޓްރީވެސް ނެތް ބައެއްކަމަށްވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close