ޚަބަރު

މޮނީޓަރިންގް އަށް ލާފައިވާ ގޮއިދޫ ރައްޔިތުންނަށް ނަރުދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނީޓަރިންގ ގައި އޮތް ށ. ގޮއިދޫ ރައްޔިތުންނަށް އެ އަތޮޅު ނަރުދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނަރުދޫ ރައްޔިތުން ވަނީ ގޮއިދޫގެ ކޮންމެ ގޭބީސީއަކަށް ކާބޯތަކެތީގެ ޕެކޭޖެއް ފޯރުކޮށްދީފައެވެ. ކޮވިޑް-19 ގެ މި ދަތި ދުވަސްވަރުގައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލުމާ އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ނަރުދޫ ރައްޔިތުން މިވަނީ ނަމޫނާ ދައްކާފައެވެ.

އުނގޫފާރު.ކޮމް އަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު ވިދާޅުވި ގޮތުގައި  ރާއްޖޭގައި އަތޮޅުތަކުގެ ރަށްރަށުގައި ކޮވިޑް-19 ފެތުރެން އެންމެ ފުރަތަމަ ފެށި ދުވަސްވަރު މިދިޔަ އަހަރު، އެންމެ ފުރަތަމަ މޮނިޓަރިންއަށް ލީ ރަށްތަކުގެ ތެރޭގައި ނަރުދޫ ހިމެނޭ ކަށެވެ.

ނަރުދޫގެ މޮނީޓަރިންއަށް ލުމުން އަތޮޅުގެ އެހެން ރަށްރަށުން އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި އެހީތެރިކަމެއް ވެފައިވާ ކަމަށް ފާހަގަކުރައްވާ މުސްތަރުސިދު ވަނީ އޭގެ ތެރެއިން ވަކިން ޙާއްސަކޮށް ގޮއިދޫގެ ރައްޔިތުންގެ ފަރާތުން އޭރު ލިބުނު އެހީތެރިކަން ފާހަގަކުރައްވާފައެވެ.

“އަޅުގަނޑުމެން ބޭނުންވީ މިވަގުތު އަތޮޅުގަ މޮނީޓަރިންގަ އޮތް ހުރިހާ ރަށަކަށް އެހީތެރިކަން ފޯރުކޮށްދެން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކެޕޭސިޓީ އެވަރަށް ނެތުމުން އަޅުގަނޑުމެން ޗޫސްކުރީ ގޮއިދޫއަށް އެހީތެރިކަން ފޯރުކޮށްދޭން. އެއީ އަޅުގަނޑުމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ގޮއިދޫ ރައްޔިތުން ކަމުގައި ވާތީ” މުސްތަރުސިދު ވިދާޅުވިއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދާއިރު ށ. އަތޮޅުގެ 4 ރަށެއް މިވަގުތު މޮނީޓަރިންގް ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close