ޚަބަރުރ.އަތޮޅު

ރ އަތޮޅުގެ 7 ރަށަކަށް ވެކްސިން ފްރީޒަރ ހަވާލުކޮށްފި

ވެކްސިން ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ އެކަމަށް ހާއްސަ ފްރީޒަރ ރ އަތޮޅުގެ 7 ރަށަކަށް ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ވެކްސިން ފްރީޒަރ ރ އަތޮޅުގެ 7 ރަށެއްގެ ހެލްތު ސެންޓަރު ތަކާއި ހަވާލުކޮށް މިއަދު ނިމިފައިވާ ކަމަށެވެ. އެރައްތަކަކީ ވާދޫ، އަނގޮޅިތީމް، މާކުރަތު، ރަސްމާދޫ، އިނގުރައިދޫ، ފައިނު އަދި ކިނޮޅަސް ހެލްތު ސެންޓަރު ކަމަށެވެ.

ރ. ވާދޫ ހެލްތް ސެންޓަރަށް ހަވާލުކުރި ވެކްސިން ފްރީޒަރ / ފޮޓޯ: ވާދޫ ހެލްތު ސެންޓަރ

މި ފްރީޒަރ ތަކަކީ އެޗްޕީއޭއިން ކުރިއަށް ގެންދާ އެކިއެކި ވެކްސިން ޕްރޮގްރާމްގައި ބޭނުންކުރާ ވެކްސިން ރައްކާތެރި ކަމާއެކު ގެންގުޅުމަށް ހެލްތު ސެންޓަރު ތަކުގެ ކެޕޭސިޓީ އިތުރުކޮށް ރަގަނޅު ކުރުމަށް ހަވާލުކުރެވުނު ވެކްސިން ފްރީޒަރ ތަކެއް ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close