ޚަބަރުކޮވިޑް-19

އުނގޫފާރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ކޮވިޑް 19 އިން ރައްކާތެރި ވުމަށް އަޅަމުންދާ ފިޔަވަޅުތައް އުނގޫފާރުގައި އިތުރަށް ވަރުގަދަ ކުރަން ފަށައިފިއެވެ.

މިހާރުވެސް މޮނިޓަރިންގ ގެހާލަތުގައި އޮތް އުނގޫފާރުގައި ޓާސްކްފޯސްއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް ބަލާއިރު ރަށުގެ އެކިސަރަހައްދުގައި މީހުން އެއްވެ އުޅެވޭގޮތައް ހުރި ތަންތަން ބަންދުކުރުމާއި އިށީއިނދެވޭ ގޮތައްހުރި ޖޯލިފަތި ފަދަ ތަކެތި ނެގުމާއި ހަވީރުގެ ވަގުތުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ތަފާތު މެސެޖުތައް ފޯރުކޮށްދީ ރައްޔިތުންނަށް ކޮވިޑުން ރައްކާތެރިކަން ހޯދުމަށާއި ކާފިއުގެ ވަގުތުގައި އަމަލުކުރާނެ ގޮތް އޮޅުން ފިލުވައި ދިނުން ހިމެނެއެވެ.

އުނގޫފާރަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރި އުޅެމުންދާ ރަށަކަށްވުމާއެކު ދިވެހި ބަހުގެ އިތުރުން އިނގިރޭސި ބަހާއި ބަނގްލަދޭޝް ބަހުންވެސް މެސެޖްތައް ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މޮނިޓަރިންގ ގެހާލަތުގައިވާ ރަށްތަކުގައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ޓާސްކްފޯސް އަދި ޕޮލިސް ގުޅިގެން ގެންދަނީ ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް 19 އިގެ ކޭސް އެއް މެއި 19 ގައި ފެނި އުނގޫފާރު 4 ވަނަ ފަހަރަށް މޮނިޓަރިންގ އަށް ލީފަހުން މިއަދާ ހަމައަށް އުނގޫފާރުން ކޮވިޑް ޕޮސިޓިވް 5 ކޭސް ފެނިފައިވެއެވެ. 5 ވަނަ ފަހަރަށް އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މާޗް 19 ގައި ފެނުނު ކޭސްއާއި ގުޅިގެން މޮނިޓަރިންގ އަށް ލުމަށްފަހު މޮނިޓަރިންގ ގެހާލަތުން ނެގިތާ 24 ގަޑިިއިރު ނުވަނީސް އިތުރު ކޭސް އެއް އުނގޫފާރުން ފެނުމާއި ގުޅިގެން މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close