ޚަބަރުރ.އަތޮޅު

ފައިނު، މީދޫ އަދި ހުޅުދުއްފާރުން ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރ އަތޮޅު 3 ރަށަކުން އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ފައިނުން 9 މީހަކު ޕޮޒިޓިވްވެ އަދަދު މ،ިވަނީ 11 އަށް އަރާފައެވެ. މި އެންމެންނަކީވެސް އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާފައިވާ ބައެއްކަމަށެވެ.

މީދޫއިން ނެގި ރެންޑަމް 59 ސާމްޕަލްގެ ތެރެއިން އެއްސާމްޕަލް އަދި ފުލޫ ސާމްޕަލް އަކާ އެކު 2 މީހުން މީދޫން މިވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު މީދޫގެ ޖުމުލަ އެކްޓިވް ކޭސްގެ އަދަދު 5 އަށް އިތުރު ވީއެވެ.

ހުޅުދުއްފާރުން ފޮޒިޓިވް ވެފައިމިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި 2 ސާމްޕަލް އަކާއި ފުލޫ އެއްސާމްޕަލްއެކެވެ. މިއާއެކު ހުޅުދުއްފާރުގެ އެކްޓިވް ކޭސް ތަކުގެ އަދަދު މިވަނީ 12 އަށް އިތުރު ވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close