ޚަބަރުކޮވިޑް-19

ހޯމް ކަރަންޓީނަށް 800 އަށް ވުރެ ގިނަ މީހުން އުނގޫފާރަށް އައިސްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މުޅިރާއްޖެ ފުރަބަންދު ކުރުމަށްފަހު ދޭންފެށި ލުއިތަކުގެ ތެރެއިން ހޯމް ކަރަންޓީނަށް އުނގޫފާރަށް އަައި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް އަރަައިފިއެވެ.

ހޯމް ކަރަންޓީން ކަންތަކާއި ހަވާލުވެ ހުންނެވި އުނގޫފާރު ކައުންސިލްގެ މުވައްޒަފު އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވިގޮތުގައި ހޯމް ކަރަންޓީނަށް ސަރުކާރުން ފުރުސަތު ދޭންފެށިފަހުން އިއްޔެގެ ނިޔަލަށް 838 މީހުން ވަނީ އުނގޫފާރަށް އައިސްފައެވެ. ހޯމް ކަރަންޓީނަށް އައި މީހުންގެ ތެރޭގައި އުނގޫފާރު ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުގެ މީހުންނާއި ގިނަ އަދަަދެއްގެ ބިދޭސީން ހިމެނެއެވެ.

އެންމެ ފުރަތަމަ ހޯމް ކަރަންޓީނަށް މީހަކު އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ 17 ޖޫން 2020 ގައެވެ. އެ ދުވަހު 17 މީހަކު ހޯމް ކަރަންޓީނަށް މާލެއިން އުނގޫފާރަށް އައިސްފައިވެއެވެ.

މީގެ ތެރޭގައި އެންމެ ގިނައަދަދަކަށް ހިމެނެނީ އުނގޫފާރުގައި ހިނގަމުންދާ އެކިއެކި ޕްރޮޖެކްޓް ތަކަށް ހޯމް ކަރަންޓީނަށް އުނގޫފާރަށް އައިސްފައިވާ މީހުންނެވެ.

ބިދޭސީންގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ ގޮތުގައި އައިސްފައިވާ ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނިކަލް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތައް ގިނަ އަދަދަކަށް ހިމެނެއެވެ.

އުނގޫފާރުގެ ވަރަށްގިނަ އާއިލާ ތަކަކީ ރަށުންބޭރު މީހުންނާއި ގުޅިފައިވާ އާއިލާތަކަށް ވުމުން އެ އާއިލާތަކުގެ ބައެއް ފަރާތްތަކުންވެސް އުނގޫފާރަށް އައިސް އުނގޫފާރުގައި ކަރަށްޓީނު ފުރިހަމަ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close